އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވު-- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކުމުން ފަލަސްތީނުގެ ޝުކުރު ރާއްޖެއަށް

އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޤްރީރުކުރައްވާ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގުގައި އަޑުއުފުލުމުން، ފަލަސްތީނުން ރާއްޖެއަށް ޝުކުރު ދަންނަވައިފިއެވެ.

ރޭ އދ ގައި ތަޤްރީރު ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ދިވެހި އެންމެހާ ރައްޔިތުން މިތިބީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އ.ދ. ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ވަނީ ކަށަވަރުކޮށް ނުދެވިކަމަށާއި، އިޒްރޭލުން ފަލަސްޠީނުގެ އަންހެން ފިރިހެން ކުދިބޮޑު އެތައް ބައެއްގެ ޙައްޤުތައް ތަކުރާރުކޮށް ނިގުޅައިގަންނަމުންދެއެވެ. ނަމަވެސް އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައްބަޔަކު އެތައް ޤައުމަކުން ފަލަސްޠީނުގެ ޙައްޤުގައި ނުކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުންކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ފަލަސްތީނުގެ ދިފާއުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅު ފާހަގަކޮށް، އދ.އަށް ފަލަސްތީނުން ކަނޑައަޅާފައިވާ މިޝަންއިން ކުރި ޓްވީޓެއްގައި ރާއްޖެއަށް ވަނީ ޝުކުރު ދަންނަވާފައެވެ.

ރައީސްގެ ތަގުރީރުގައި، އ.ދ. ގެ ޢާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްޠީނުގެ ޙައްޤުގައި ނެރުނު ޤަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ ނަމަވެސް، ފަލަސްޠީނުގެ ޙައްޤު ކަށަވަރު ނުކުރެވިވާކަން ފާހަގަކުރެއްވިއެވެ. އަދި، ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް މިއަދު އ.ދ. ގައި ވާހަކަފުޅުދެއްކެނީ ދުނިޔެއިން ދިވެހިރާއްޖެ ބަލައިގެންފައިވާތީ ކަމަށްވެފައި، މިލިއަނުން މީހުން ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހިން އެދެނީ ފަލަސްޠީނަކީ އ.ދ. އާއި މުޅި ދުނިޔެއިންވެސް މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނަ ޤައުމަކަށް ވުމަށާއި، އެމީހުންނަށް އެމީހުންގެ މިނިވަންކަމާއި ޙައްޤުތަކާއި އިމްތިޔާޒާއި އިޚްތިޔާރުތައް ދޫކޮށްލުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ