ބ. އޭދަފުށިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވުވެ އެރަށް މޮނިޓަރިންނަށް ލައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި އޭދަފުށިން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ އެރަށު ފްލޫ ކުލިނިކަން ދެއްކި މީހަކު ބަލީގެ އަލާމާތްތައް ހުރެގެން ކުރި ޓެސްޓުންނެވެ.
ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު އެރަށަށް އަރައި ފޭބުން މިވަގުތަށްވަނީ މަނާކޮށްފައެވެ. އޭދަފުށިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވުވެފައި މިވަނީ ބ. މާޅޮހުންވެސް ދެ ފަތުރުވެރިން ކޮވިޑް-19 އަށް ޕޮޒިޓިވުވެ އެރަށް މިދިޔަ ހޮނިހިރު ދުވަހު މޮނިޓަރިންނަށް ލައިފައި ވަނިކޮށެވެ.
ކޮވިޑް-19ގެ ކޭސްތައް އަތޮޅުތެރޭގައި އިތުރުވާން ފަށައިފައިވާއިރު އިއްޔެ އަތޮޅުތެރޭ ރައްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 70 އެވެ.




