ވެކްސިން ސެންޓަރުތަކަށް ކިއުބީއިން ނަންބަރު ނެގޭ ގޮތް ހަދައިފި

މާލޭ ސަރަހައްދުގައި ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ކިއުނަންބަރު ނެގޭނެ އިންތިޒާމް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މިރޭ 21:00 އިން ފެށިގެން ހަމަޖެހިފައިވާ ހާއްސަ ވެކްސިން ސެންޓަރުތަކެއްގެ ކިއުނަންބަރު ކިއުބީއިން އެޕްލިކޭޝަން މެދުވެރިކޮށް ނެގޭނެ ކަމަށެވެ.

ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކިއުނަންބަރު ދޫކުރާ ވެކްސިން ސެންޓަރު ތަކަކީ ސޯޝަލް ސެންޓަރު، ނޭޝަނަލް އާޓް ގެލަރީ، އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރެވެ. މިއިން ކޮންމެ ސެންޓަރަކުންވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ވަކިއަދަދަކަށް ކިއު ނަންބަރެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފެށުމާއެކު ވެކްސިން ސެންޓަރުތަކުގައި ބޮޑެތި ކިއުތައްވަނީ ހަދަން ފަށައިފައެވެ. މިމައްސަލަ ބޮޑުވެ ވެކްސިން ދިނުމަށް ކަނޑައެޅި ވަގުތުވެސް ފަހުންވަނީ އިތުރު ކޮށްފައެވެ.

އެޗްޕީއޭ އިން ފުރަތަމަ ހަމަޖައްސާފައިވަނީ ރޯދަ މަހު ރޭގަނޑު 9-11 އަށް ވެކްސިން ޖަހައިދޭށެވެ. ނަމަވެސް ފަހުން ވަގުތު ވަނީ 11:45 އާ ހަމައަށް އިތުރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ