އޭދަފުށިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބ. އޭދަފުށިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެރަށުން މިރޭ ކޮވިޑަށް ޕޮޒިޓިވްވި މީހާއަކީވެސް ހުމުގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހެކެވެ. އަދި އެއީ  50 އަހަރުން މަތީގެ ފިރިހެނެކެވެ.

އޭދަފުށިން އެންމެ ފުރަތަމަ ޕޮޒިޓިވްވީވެސް ހުމުގެ އަލާމާތްތަކެއް ފެނިގެން މިއަދު އެރަށުގައި ހުންނަ ފްލޫ ކުލިނިކަށް ދެއްކި މީހެކެވެ. އެއީ އަންހެނެކެވެ.

އޭދަފުށި މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެހެންވެ މި ރަށަށް އަރައި ފޭބުމަކީ މިހާރު މަނާ ކަމެކެވެ.

އޭދަފުށިން މީގެ ކުރިން ވެސް ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު، އެއީ މުޅިން ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. އެހެންނަމަވެސް މިއަދު މިފެނުނު ކޭސްއާއި ގުޅިގެން އޭދަފުށި އާއްމުންގެ ތެރޭގައި ބަލި ފެތުރިދާނެކަމަށް މިހާރުވަނީ ބެލެވެން ފަށާފައެވެ.

ކޮވިޑް-19 ގެ ކޭސްތައް އަތޮޅުތެރޭގައި އިތުރުވާން ފަށައިފައިވާއިރު އިއްޔެ އަތޮޅުތެރޭ ރަށްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 70 އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ