އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް - ފޮޓޯ: ޕީއެސްއެމް

ގާދިއްފުއްޓާއި މާވަށުގައި އަލުން ވޯޓުލަނީ!

ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެ ދެ ރަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން ނިންމީ އެދެ ރަށަށް ނިސްބަތް ނުވާ މީހުން ރަށު ކައުންސިލަށް ވޯޓުލާފައިވާތީ ކަމަށެވެ.

އެގޮތުން ގާދިއްފުށީފައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ހަސަން އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއާ ދެމެދުއެވެ. އަދި މާވަށުގައި ކުރިއަށްގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓު އެކަނި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަނުން ހާމަކޮށްފައިވާ ގޮތުގައި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާ ގުޅިގެން ޖުމްލަ 208 ޝަކުވާއެއްވަނީ ލިބިފައެވެ.

އަދި އޭގެ ތެރޭގައި ގިނައީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކުރުމެއްނެތި، މީހަކު ބުނި ބުނުމަކަށް ބަލައި ހުށަހަޅާފައިވާ ޝަކުވާތަކެއްކަމަށާއި، މި ޝަކުވާތަކަށް ބެލުމަށްފަހު، 11 ފޮށްޓެއްގެ ނަތީޖާ އަލުން ޔަޤީންކުރުމަށްޓަކާ ކޮމިޝަންގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ނަތީޖާ ޔަޤީންކުރުމަށް ނިންމާފައިވާ 11 ފޮށްޓަކީ ތ. މަޑިފުއްޓާއި، ދ. މީދޫއާއި، މިލައިދޫ އައިލެންޑް ރިސޯޓާއި، ލ. ކަލައިދޫއާއި، ދ. ރިނބިދޫއާއި، ޅ. އޮޅުވެލިފުއްޓާއި، މ. ރަތްމަންދޫއާއި، ތ. ދިޔަމިގިލީގައި ބެހެއްޓި ވޯޓު ފޮށްޓެއްގެ އިތުރުން، ގއ. އަތޮޅުގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި ފޮށްޓަކާއި، މ. އަތޮޅުގެ ރައްޔިތުން ވޯޓުލުމަށްޓަކާ މާލޭގައި ބެހެއްޓި ފޮށްޓެކެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވީ، ދާއިމީ ނަތީޖާ ކަށަވަރުކުރުމަށްޓަކާ މި 11 ފޮށީގެ ސެކިއުރިޓީ އުރަ 3 ކަނޑާ، ޝަކުވާތަކަށް އެޓެންޑްކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ