ކޮވިޑް-19 ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދިޔަ 80 އަހަރުގެ ކޮވިޑް ބަލީގެ މީހަކު ރޭ 23:25 ގައި ނިޔާވެފައިވާ ކަމަށެވެ.
މިއީ ނުރައްކާތެރި ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި 71 ވަނަ މީހާއެވެ.
އިތުރު ދިވެއްސަކު ކޮވިޑް-19 ގައި ނިޔާވިއިރު، އިއްޔެ އެކަނިވެސް 157 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
✳️ COVID-19 : Case Updates pic.twitter.com/zWPQ06U8Gp
— Health Protection Agency (@HPA_MV) April 19, 2021
މިހާތަނަށް ރާއްޖެއިން 26505 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. ނަމަވެސް މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2735 އެވެ.




