ކޮވިޑް-19: އެމެރިކާ ރައްޔިތުން ދުނިޔޭގެ 80 އިންސައްތަ ގައުމަށް ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފި

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެމެރިކާ ރައްޔިތުން ދުނިޔޭގެ 80 އިންސައްތަ ގައުމަށް ދަތުރު ނުކުރުމަށް އެގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުން އިލްތިމާސް ކޮށްފިއެވެ.

އެމެރިކާގެ ރައްޔިތުން ދުނިޔޭގެ އެހެން ގައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަަމަށް ގެނެވުނު ބަދަލާއި ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ނޯޓެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދަތުރުވެރިން ބޮޑެތި ނުރައްކާތަކަށް ހުށަހެޅިފައިވާ ކަމަށެވެ.

އެމެރިކާ ރައްޔިތުން ދަތުރުކުރުމުގައި ސަމާލުކަންދޭންވީ ގައުމުތަކުގެ ލިސްޓުގައި މިހާރު ދުނިޔޭގެ 200 ގައުމުގެ ތެރެއިން 34 ގައުމު ހިމެނެއެވެ.

ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މިހާތަނަށް ތިން މިލިއަނަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ. އެމެރިކާއިން މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދު 581,542 އަށް އަރައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް މުޅި ދުނިޔޭގައި ކަހަލަ ގޮތަކަށް ވެކްސިން ޖަހަން ފަށައިފައި ވީނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އިންޒާރުދީފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބަލިފެތުރުން އިންތިހާދަރަޖައަށް އިތުރުވެގެން ދިއުން އެކަށީގެން ވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ