ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދު 50،000 އިން މައްޗަށް

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ފަށައިފައިވާ ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދު 50،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިއަދު ވިދާޅުވީ، މިހާތަނަށް ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދަކީ 51،350 ކަމަށެވެ.

އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ، އިއްޔެ ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދަކީ 5،533 ކަމަށާއި މީގެތެރެއިން މާލޭ އޭރިއާގައި ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދަކީ 3،366 ކަމަށާއި އަދި އަތޮޅުތެރޭ ރައްތަކުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދަކީ 2،167 ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭންފަށައިފައިވަނީ ފެބުރުއަރީ މަހު އެއްވަނަ ދުވަހުއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިވަގުތު ވެކްސިން ދިނުން ކުރިއަށްދާއިރު ރާއްޖޭގައި ދެމުންދަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިނެވެ.

މުޅި ޖުމްލަ މިހާތަނަށް ރާއްޖޭގައި 283،973 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒްވަނީ ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ