ފްލޯއިޑް މަރާލިކަމުގެ ދައުވާ ފުލުސް އޮފިސަރުގެ މައްޗަށް ސާބިތުވެއްޖެ

ކަޅު ނަސްލުގެ މީހެއްކަމަށްވާ ޖޯޖް ފްލޮއިޑް ފުލުހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާ މަރުވި މައްސަލައިގައި މީހަކު މަރާލިކަމުގެ ދައުވާ ފުލުސް އޮފިސަރ ޑެރެކް ޝޮވިންގެ މައްޗަށް ސާބިތުވެއްޖެއެވެ.

ޝޮވިންގެ މައްޗަށް ގަސްތަކާ ނުލައި މީހަކު މެރުމުގެ ތިން ދައުވާ ސާބިތުވެފައިވާއިރު އޭނާގެ މައްޗަށް ހުކުމް ކުރަން ނިންމާފައި ވަނީ އަށް ހަފްތާ ފަހުންނެވެ.

މީހަކު މަރާލުމުގެ ދައުވާ ޝޮވިންގެ މައްޗަށް ސާބިތުވުމާއި ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ، ދައުވާ ސާބިތުވުމުން ރައީސް ޖޯ ބައިޑެން ހިތްޕުޅު ހަމަޖެހިވަޑައިގެން ފްލޮއިޑްގެ އާއިލާގެ މެންބަރުންނަށް ފޯނުން ގުޅުއްވަައި ފްލައިޑަށާއި އާއިލާއަށް އިންސާފު ލިބުނީތީ އެކަމާމެދު ހިތްޕުޅުހަމަޖެހުން ފާޅުކުރައްވާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި 25ގައި ފުލުހުން، ފްލޮއިޑް ހައްޔަރު ކުރަން އުޅުނީ އޭނާ ސައްހަ ނޫން 20 ޑޮލަރު ގެންގުޅުނު މައްސަލައަކާއި ގުޅިގެންނެވެ. ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ޝޮވިން، ފްލޮއިޑްގެ ކަރުގައި ކަކޫ ވިއްދައިގެން ނުވަ މިނިޓަށް ވުރެ ގިނަ އިރު ވަންދެން ހުއްޓެވެ.

ފުލުހުންގެ އަމަލުތަކާއި ގުޅިގެން ފްލޮއިޑް މައްސަލައިގައި އެމެރިކާގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފައި ވެއެވެ. މި މުޒާހަރާތަކަކީ ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް އެމެރިކާގައި މިފަހުގެ ތާރީހެއްގައި ކުރެވުނު އެންމެ ވަރުގަދަ މުޒާހަރާތަކެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ