އާދަމް ޝަރީފް އުމަރު - ފޮޓޯ: މަޖިލިސް

ޚިދުމަތް ކުރި މީހުންނާ ނުކުރާ މީހުން ޕެންޝަނުގައި އެއްގޮތް ވެގެން ނުވާނެ: އާދަމް ޝަރީފް

ޤައުމު ތަރަށްޤީ ކުރުމުގައި ދަޢުލަތަށް ޚިދުމަތް ކުރި މީހުންނާ ނުކުރާ މީހުން ޕެންޝަން ދިނުމުގައި އެއްގޮތް ކުރެވިގެން ނުވާނެކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އަދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ޕެންޝަނާ ބެހޭ ޤާނޫނަސް އިސްލާހު ގެނައުމަސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާންއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިކަމަކީ ޒުވާނުން ޤައުމުތަރައްޤީ ކުރުމަށްޓަކައި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ތައްޔާރުވެވަޑައިގަތުމާއި އަދި ކުރިޔަށް އެބޭފުޅުންގެ އުންމީދުތަކާއި ގުޅިފައި ހުރިކަމަކަށްވާތީ މިކަމަށް މިހާރަށްވުރެ ފުޅާކޮށް ވިސްނުމަށާއި، އަދި ސިވިލް ސަރވަންޓުންނާއި އެނޫންވެސް ފަރާތްތަކުން ކުރައްވާފައި ހުރި މަސައްކަތްތަކަކީ މިއަދު އަޅުގަނޑުމެން ވަރަށް ބޮޑަށް އޭގެ އަގު ވަޒަން ކުރަންޖެހޭ ކަންކަންކަމަށެވެ.

އާދަމް ޝަރީފް ވަނީ ޕެންޝަން ދިނުމުގައި ޤައުމަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކާއި އެނޫން ފަރާތްތަކާއި އެއްގޮތް ވެގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

"އެއްވެސް ހާލެއްގައި ޕެންޝަނަރުންނަކީ ހަމައެކަނި 65 އަހަރު ވީމަ ޚިދުމަތް ކުރިމީހުންނާއި ނުކުރާ މީހުންނާއި ހަމަހަމަވާ ގޮތަކަށް އުޞޫލުތައް އެއްގޮތް ކުރެވިގެންވާނެ ވާނެއެއްޗެއްކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ" އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވެފައި ވަނީ ޤައުމު ތަރަށްޤީ ކުރުމުގައި އެތައް ޤުރުބާނީއެއް ވެވަޑައިގެންނެވި ދަޢުލަތުގެ ޕެންޝަނަރުންނަށް ނިކަމެތިކަން ލިބުމަކީ ކަންބޮޑުވާކަމެއްކަމަށާއި، އެގޮތުން މަޖިލީހަށް ހުށައަޅުއްވަފައިވާ ޕެންޝަނާއި ބެހޭ ބިލް އަނބުރަ ގެންދަވައި ޕެންޝަނާ ބެހޭ ނިޒާމް އަލުން މުރާޖަޢާ ކުރުމަށް ގޮވާލައްވާކަމަށެވެ.

ދަޢުލަތުގެ ފަރާތުން ހުށައަޅާފައިވާ ބިލުގައި ބުނެފައި ވަނީ އެބިލް ޤާނޫނަކަށް ވުމުން ފުލުހުންގެ ގާނޫނާއި ސިފައިންގެ ގާނޫނު ފިޔަވައި އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ އިދާރާތަކުން ނުވަތަ މުއައްސަސާތަކުން ދެމުން ދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަންތައް ނިމުން އަންނާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޖުއައިލް

    މިއީ ކާކުގެ ބޯޓަކުން އަރާ ކޮން އައުވާނަކަށް ގުލާނުކޮއްދޭ ޕަޕެޓެއް؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ