ދާދިފަހުން މާލެގައި އަންހެން ކުއްޖަކު ގަދަ ކަމުން ރޭޕް ކުރި މައްސަލައާއި ގުޅުން ހުރި ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
މި ވީޑިއޯގައި ފެންނަނީ ރޭޕް ކުރިމަކަށް ބުނާ އަންހެން ކުއްޖާ އެމައްސަލާގައި ތުހުމަތު ކުރެވޭ މީހުން ގަދަކަމުން އެ އަންހެން ކުއްޖާ ގެނެސް ގޯޅިގަނޑެއްގެ ތެރެއަށް ވައްދާ މަންޒަރެވެ.
އެގޮތުން ފުރަތަމަ ފެންނަނީ ސިނގިރޭޓެއް ބޮމުން ފިރިހެނަކު އެމަގުންދާމަންރެވެ. އޭގެ ފަހުން އަންހެން ކުއްޖާ ހިފަހައްޓައިގެން ގަދަކަމުން އެކުއްޖާ ދަމާފައި ކަހަލަ ގޮތަކަށް އެ ގޯޅި ގަނޑާ ދިމާލަށް ގެންނަ މަންޒަރު ފެނެއެވެ. އެވަގުތު އެ މީހާގެ ފަރާތުން ސަލާމަތް ވުމަށްޓަކައި އަންހެން ކުއްޖާ ވަރަށް މަސައްކަތް ކުރަމުންދެއެވެ. ނަމަވެސް އެ ފިރިހެން މީހާގެ ފަރާތުން އަންހެން ކުއްޖާއަށް ސަލާމަތެއްނުވެވުނެވެ.
ދެން ފެންނަނީ ގޯޅިގަނޑާއި ހަމައަށް އާދެވުނު ތަނާ އަންހެން ކުއްޖާ ގަދަ ހަދައި ފިރެހެން މީހާގެ ކައިރިން ސަލާމަތްވާ މަންޒަރެވެ. ނަމަވެސް ފިރިހެން މީހާގެ އަތްދަށުން ސަލާމަތްވި ވަގުތު އަންހެން ކުއްޖާ އެތާ ކައިރިއަށް ވެއްޓެއެވެ.
އެވަގުތު އެ ގޯޅި ގަނޑު ތެރެއިން އަންހެން ކުއްޖާ ދަމާފައި ގަދަކަމުން އެހިސާބަށް ގެންދިޔަ ފިރިހެން މީހާ އަލުން ނިކުމެއެވެ. އަދި އެމަގުން އައި އެހެން ފިރިހެނަކާ ދެމީހުންވެގެން އަންހެން ކުއްޖާގެ އަތާއި ފައިގައި ހިފައި ހިއްލާލައިގެން އެ ގޯޅިގަނޑު ތެރެއަށް ވައްދައެވެ.
އެހުރިހާ ކަމެއް ހިނގާދިޔައިރު މަންޒަރު ފެންން ހިސާބުގައި މީހުންވެސް ތިބޭ މަންޒަރު މި ވީޑިއޯއިން ފެނެއެވެ. ނަމަވެސް އަންހެން ކުއްޖާ ސަލާމަތް ކުރުމަށް އެއްވެސް މީހަކު އެހީތެރިއެއް ނުވެއެވެ. އަންހެން ކުއްޖާ ވެއްޓުނީވެސް އެތާތިބި ބައެއްގެ ކައިރިޔަށެވެ.
Male magumathin anhenaku gadhakamun gengos, ufulaalaigen goalhi gandakah vedhhi manzaru. Follow @Mihaarunews for details pic.twitter.com/dGIbm036Yk
— Moosa (@MoosaRasheed_) April 22, 2021
މިހާދިސާ ހިނގާފައި ވަނީ މާފަންނު ލެމަން ގްރާސް ރެސްޓޯރަންޓް ހުންނަ މަގުގައެވެ.
މި މައްސަލާގައި ފުލުހުން ވަނީ އުމުރުން 18 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފަ އެވެ.



