ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

ރޭޕް މައްސަލާގައި ވަކި މީހެއްގެ މައްޗަށް ހެކި ނުލިބޭ: ފުލުހުން

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ނަމަވެސް އެ މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި މާޗު މަހުގެ ތިން ވަނަ ދުވަހު، އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ހުށަހެޅުނު ކަމަށެވެ.

"މި މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވޭ،" ފުލުހުން މިއަދު ވިދާޅުވިއެވެ.

އެ މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ޖެންޑާ މިނިސްޓްރީން ކުއްޖާގެ ބަޔާން ނަގާފައިވާއިރު އެކުއްޖާ ވަނީ ކަން ހިނގާދިޔަ ގޮތް ވެސް ކިޔައިދީފައެވެ. އަދި އެކަމުގައި އެރަށުގެ ސްކޫލު ޓީޗަރަކު ވެސް ބައިވެރިވާ ކަމަށް ކުއްޖާ ބުނާ ކަމަށް ބައެއް ރިޕޯރޓްތައް ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އެރަށުގެ ރައްޔިތުން ނުކުމެ، ރޭ ވަނީ މުޒާހަރާވެސް ކޮއްފައެވެ.

މިލިޔުން ކިޔާލުމުން
42
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ