މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގައި އަދުލު އިންސާފު ގާއިމުކޮށްފައި އޮތީ ބަނީއިސްރާއިލް ބާގައިގެ މީހުން އަދުލު އިންސާފު ގާއިމުކުރާ ގޮތައްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޔާމިން އަބްދުލް ގައްޔޫމުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ މައްސަލައިގައި ކަންތައްވެގެން ދިޔަ ގޮތްކަމަށް ވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައި ޑރ. ޝަހީމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ލާރި ނެގި ބޮޑުން ގޭގަ ކަމަށާއި، އެ ލާރި ބޭނުންކުރި260 މީހުން އެފައިސާގައި އުދުހެނީ ކަމަށާއި، މިމައްސަލައިގައި ހަމައެކަނި ޖަލަށް ލައިފައިވަނީ ރައީސް ޔާމިނު ކަމަށެވެ.
"ރައީސް ޔާމިން ނެގިކަމަށް ބުނާ ލާރިހުރީ ދައުލަތުގެ އެކައުންޓުގަ، އެކަމަކު ޖަލަށްލީ ރައީސް ޔާމިން، މިއީ ބަނީއިސްރާއިލް ބާގައިގެ މީހުން އަދުލް އިންސާފު ގާއިމުކުރާ ގޮތް" ޑރ. ޝަމީމްގެ ޓުވީޓުގައި ބުނެފައި ވެއެވެ.
Thee v rangalhu vahakafulheh. MMPRC ge laari negi bodun geyga. MMPRC laari beynun kuri 260 meehun e faisaaga udhuhenee. RY negi kamah bunaa laari huree dhaulathuga Account ga. Ekamaku jalah lee RY. Miee banee israaeel baaagaige meehun adhulu insaafu Qaaimu kuraa goy. https://t.co/wbm9l2AHTp
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 23, 2021
މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އެނގޭގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. މިމައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު ޝާމިލުވާކަމަށް ތުހުމަތު ކުރެވޭއިރު މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ރައީސް ޔާމިންގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވީނަމަވެސް އެމަނިކުފާނު ހުއްނެވީ ގޭބަންދެއްގައެވެ.