މުޢިއްޒަކީ ޤާބިލު ތަޖުރިބާ ހުރި ޢިލްމީ، އަދި ނަތީޖާ ނެރުއްވާނެ ބޭފުޅެއް: ޑރ. ޝަހީމް

މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ މުޙައްމަދު މުޢިއްޒަކީ ޤާބިލު ތަޖުރިބާ ހުރި ޢިލްމީ، އަދި ނަތީޖާ ނެރުއްވާނެ ބޭފުޅެއް ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ ޑރ. މުއިއްޒުއަށް ތާއީދުކުރައްވާކަން ހާމަކޮށް މިރޭ ކުރެއްވި ޓުވީޓެއްގައެވެ. ޑރ. މުއިއްޒާއެކު ހުއްނަވާ ފޮޓޯއަކާއެކު ޑރ. ޝަހީމް މިރޭ ކުރެެއްވި މި ޓުވީޓުގައިވަނީ ޑރ. މުއިއްޒު އިންތިހާބު ކޮށްދެއްވުމަށް މާލޭ ސިޓީގެ ރައްޔިތުންގެ ކިބައިން އެދިލައްވައިފައެވެ.

"މާލެ ސިޓީގެ މޭޔަރު ކަމަށް ޑރ މުޢިއްޒު އިންތިޚާބުކޮށްދެއްވުމަށް މާލެ ސިޓީގެ އެންމެހާ އެކުވެރިންނާއި ތަޢުލީމީ ބޭފުޅުންނާއި ޢިލްމުވެރިންނާއި އެންމެހާ ޒުވާނުންގެ އަރިހުން އެދެން. ޑރ މުޢިއްޒަކީ ޤާބިލު ތަޖުރިބާ ހުރި ޢިލްމީ، އަދި ނަތީޖާ ނެރުއްވާނެ ބޭފުޅެއް" ޑރ. ޝަހީމްގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ކުރިއަށްދާއިރު ޑރ. މުއިއްޒު އާ އެކު ދެން މާލެ ސިޓީ ކައުންްސިލަށް ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަދި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އަދި ކުރީގެ މަޖިލިސް މެމްބަރު އަލްހާނު ފަހުމީ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ