ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުއެއް ފަށަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުއެއް ފަށަން ތައްޔާރުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މާތް ﷲ ހެޔޮ ރަޙުމަތްފުޅުން އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ޤާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ޤާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.

ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށްގެންދެވޭނެ ރަށްތައް:

  • ހއ. ދިއްދޫ
  • ހދ. ކުޅުދުއްފުށި
  • ރ. އުނގޫފާރު
  • ބ. އޭދަފުށި
  • އއ. ފެރިދޫ
  • ދ. ކުޑަހުވަދޫ
  • ގދ ތިނަދޫ
  • ލ. ގަން
  • ސ. ހިތަދޫ

މިނިސްޓަރު ވިދާޅުވީ، މީގެ އިތުރުން ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި ޤުރުއާން އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒްގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ ރަށްތައް:

  • ރ. މަޑުއްވަރީ
  • ނ. ވެލިދޫ
  • ތ. ކިނބިދޫ ( ރައީސްގެ ވައުދެއް)
  • ތ. ގުރައިދޫ
  • ގދ. ގައްދޫ ( ރައީސްގެ ވައުދެއް)
  • ލ. އިސްދޫ ކަލައިދޫ ( ރައީސްގެ ވައުދެއް)
  • ހއ. އުތީމު. ( ރައީސްގެ ވައުދެއް)
  • ދ. މީދޫ

މިނިސްޓަރު ވިދާޅުވީ، މިރަށްތަކުގައި ވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތައް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރުން ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒަށް، އެމަރުކަޒް ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ