ލަކުޑިތަކެއް ބާލަން އުޅުމުގެ ތެރޭގައި ކެރޭނެއް ފުރުޅާލައިފި

ބޯޓަކުން ލަކުޑިތަކެއް ބާލަން އުޅުމުގެ ތެރޭގައި ކެރޭނެއް ފުރޮޅާލައިފިއެވެ.

މިހާދިސާ ހިނގާފައި ވަނީ ފުވައްމުލަކު ސިޓީގައެވެ. މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގީ ފުވައްމުލަކު ބަނދަރުގައި އޮތް ބޯޓަކުން ލަކުޑިތަކެއް ބާލަން އުޅުމުގެ ތެރޭގައެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގާފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 09:37 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ނަަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅޭ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދަޢުރުވެފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި ކެރޭނު ވަނީ ފުރުޅާލައި ލަކުޑި ބަރުކޮށްފައިވާ ދޯނީގެ ތެރެއަށް ވެއްޓިފައެވެ.

މިހާދިސާ ހިނގުމާއި ގުޅިގެން އެ ސަރަހައްދުގައި ފުލުހުންނާއި އާންމުވެސް ވަނީ ހަރަކާތްތެރިވެފައެވެ.

ރާއްޖޭގައި މަދުންނަމަވެސް މިފަދަ ނުރައްކާތެރި ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އަދި މިފަދަ ހާދިސާތަކުގައި ބައެއް ފަރާތްތައް ނިޔާވެފައިވާއިރު، ބައެއް ފަރާތްތަކަށް ބޮޑެތި އަނިޔާތައްވެސް ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ