މުޒާހަރާތެރެއިން ޙައްޔަރުކުރި އެންމެން ޖޫރުމަނާކޮށް، ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަނުން އިއްޔެ ވެރިރަށް މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ޖޫރުމަނާކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އިއްޔެގެ މުޒާހަރާތެރެއިން 24 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ޙައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲވެސް ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން އެކޯލިޝަންގެ ކައުންސިލް މެންބަރުންވެސް ހިމެނެއެވެ.

ފުލުހުން ވިދާޅުވީ، އިއްޔެގެ މުޒާހަރާތެރެއިން ޙައްޔަރުކުރި އެންމެންވެސް މިހާރުވަނީ ދޫކޮށްލާފައިކަމަށެވެ. އަދި އެއެންމެވެސް ދޫކޮށްލެވިފައިވަނީ އެޗްޕީއޭގެ ގައިޑުލައިން ލައިން އާ ޚިލާފުވެފައިވާތީ ޖޫރުމަނާ ކުރުމަށްފަހުގައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި މިހާރު ކުރިޔަށް މުޒާހަރާތަކުގައި މީގެ ކުރިންވެސް އަދުރޭ އައި ކޯލިޝަންގެ އިސްފަރާތްތައް ވަނީ ހައްޔަރު ކޮށްފައެވެ. ވެރިރަށް މާލޭގައި އިދިކޮޅު ކޯލިޝަނުން "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ސިލްސިލާކޮށް މުޒާހަރާކުރަމުން އަންނައިރު ފްލެޓް ގެއްލުނު މީހުންނަށް ހައްގު ހޯދައި ދިނުމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިިނިވަންކުރަމަށްވަނީ ގޮވާލާފައެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ރޭ ވިދާޅުވެފައިވާގޮތުން މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފަރާތްތަކުގެ ތެރެއިން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އާއި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހުރިހާ އަންހެނުންވެސް ދޫނިދޫއަށްވަނީ ގެންގޮސްފައެވެ.

އެގޮތުން އަދުރޭއާއެކު، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ 7 އަންހެނަކު ދޫނިދޫއަށް ގެންގޮސްފައިވާކަމަށްވެސް ހީނާ ވިދާޅުވިއެވެ. އަދުރޭގެ އިތުރުން ދޫނިދޫއަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ސްޓިއަރިންކޮމިޓީގެ ނައިބު އަބްދުއްސަމަދެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ