ފޮޓޯ: ސަން އޮންލައިން

މާލޭ ސަރަޙައްދުގެ ވެކްސިން ސެންޓަރުތައް މާދަމާ ބަންދުވާނެ

މާލޭ ސަރަޙައްދުގެ ވެކްސިން ސެންޓަރުތައް މާދަމާ ބަންދު ވާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މާދަމާ، 1 މެއި ވާ ހޮނިހިރުދުވަހު މާލޭ ސަރަޙައްދުގެ ވެކްސިން ސެންޓަރުތައް ބަންދުވާނެކަމަށެވެ.

މާލޭ ސަރަޙައްދުގެ ވެކްސިން ސެންޓަރުތައް މާދަމާ ބަންދުވިނަމަވެސް އަތޮޅު ތެރޭގައި ވެކްސިން ދިނުން ކުރިއަށް ދާނެކަމަށް އެޗްޕީއޭއިން މާޢުލޫމާތު ދެއެވެ. އެޗްޕީއޭއިން ރޭ ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 295،251 މީހުން މިހާރުވަނީ ކޮވިޑް ވެކްސިމްގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި ދެވަނަ ޑޯޒް ޖަހާފައިވަނީ 97،339 މީހުންނެވެ.

މާލެ ސަރަހައްދުގައި ޖުމުލަ 11 ވެކްސިން ސެންޓަރަކުން ވެކްސިން ދިނުމުގެ ކަންކަން ކުރަމުން އަންނައިރު، ހަތަރު މޮބައިލް ޓީމް މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށާއި އަދި އަތޮޅު ތެރޭގައި ޖުމުލަ 240 ވެކްސިން ސެންޓަރު ގާއިމު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ފެތެރޭ މިންވަރުވަނީ ހަލުވިވެފައެވެ. އަދި ދުވަހެއް ދުވަކަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނައިރު މިފަހަކަށް އައިސް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 464 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިންވަނީ ރިޕޯރޓްކޮށްފައެވެ.

އެގޮތުން މާލެއާއި އަތޮޅު ތެރޭގައި ކޭސްތައް ގިނަވަމުންދާ މި ދަނޑިވަޅުގައި, ރައްކާތެރިކަމުގެ ގޮތުން ގޮތުން ކުރަން ޖެހޭ ކަންކަމަށް އިތުރަށް ސަމާލުވެ, ބައްޔަށް ހުށަހެޅި ބަލި ފެތުރޭނެ ފަދަ ކަންތައްތައް ނުކުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ