މާލޭގައި ކުރިޔަށްދިޔަ ކޮވިޑް-19 ޑްރިލްއެއް | ފޮޓޯ: ޕީއެސްއެމް

ކޮވިޑް-19: ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެ، ގިނައީ އަތޮޅު ތެރޭގައި

ރާއްޖެއިން މިއަދު ރެކޯޑު އަދަދަކަށް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި މިއަދު ރާއްޖެއިން 465 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެތެރެއިން ގިނަ މީހުންނަކީ އަތޮޅު ތެރޭގެ މީހުންނެވެ. މިއީ މިފަހަކަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މީގެއިތުރުން މިމަހުގެ 28 ވަނަ ދުވަހު ރާއްޖެއިން 464 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާންވެސް ފާހަގަކޮށްލެވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 3،305 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 465 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 193 މީހުން، އަތޮޅުތެރޭ ރަށްތަކުން 242 މީހުން، އަދި ރިސޯޓުތަކުން 25 މީހުންނެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24،775 އެވެ. މިވަގުތު 4،978 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 146 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 73 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.

އަތޮޅު ތެރޭގެ ކޭސްތަކަށް ބަލާލާއިރު މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގެ ތެރެއިން މިިއަދު އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ ކ.މާފުށިންނެވެ. އެގޮތުން އެރަށުން އިތުރު 85 ކޭސް މިއަދު ފެނިފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ. މީގެއިތުރުން ޅ. ނައިފަރުން 38 ކޭސް އަދި ކ. ހިންމަފުށިން ކޮވިޑުގެ އިތުރު 30 ކޭސް މިއަދު ފެނިފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

ވެރިރަށް މާލޭގެ އިތުރުން ކޮވިޑް-19 އެންމެ ގަދަޔަށް ފެތުރެމުން އަންނަ ރަށަކީ ކ. މާދުއްޓެވެ. އެގޮތުން އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު އުޅެނީ 300 އިން މަތީގައެވެ.

ވެރިރަށް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ކޮވިޑް-19 ހަލުވިކަމާއެކު މިހާރު ފެތުރެމުން އަންނައިރު، އަތޮޅު ތެރެއިން 22 ރަށެއް މިހާރުވެސް އޮތީ ކަރަންޓީނުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ