ހިކިކޮށް ހުރި ދުވަސްތަކުގެ މަތިން ނެހާ މާބޮޑަށް ހަނދާން ވަނީ!

ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް، ފިޓްކޮށް ހުރި ދުވަސްތަކުގެ މަތިން ހަނދުމައާކޮށްފިއެވެ.

އެގޮތުން އިއްޔހުދައި ފެހި ކުލައިގެ ހެދުމެއް ލައިގެން މީގެ ކުޑަދުވަސްކޮޅެއް ކުރިން ނަގާފައި ހުރި ފޮޓޯތަކެއް ނޭހާ ވަނީ އޭނަގެ ރަސްމީ އިންސްޓަގްރަމް އެކައުންޓްގައި ހިއްސާކޮށްފައެވެ. އަދި ކެޕްޝަންގައި، އެނާ ހިކިކޮށް ހުރި ދުވަސްތަކުގެ މަތިން ވަރަށްބޮޑަށް ހަނދާންވާ ކަމަށް ލިޔެފައިވެއެވެ.

ނޭހާ އަންނަނީ ފިޓް ކޮށް ހުރުމަށާއި އަދި ބަރުދަން ލުއިކުރުމަށް މީގެ ކުޑަދުވަސްކޮޅެއް ކުރިން މަސައްކަތް ފަށައިފައެވެ. އަދި ކުރާ ކަސްރަތާއި މަސައްކަތުގެ އަޕްޑޭޓްތައް ފޭނުންނާއި އަންނަނީ ހިއްސާކުރުމުންނެވެ.

ނޭހާގެ ލަވަކިޔުމުގެ މަސައްކަތަށް ބަލާއިރު، އޭނާގެ އާ ވީޑިއޯ ލަވައެއް މީގެ އެއްމަސްކުރިން ވަނީ ރިލީޒްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ