ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
މާނަ ފުން ވާހަކަފުޅުތަކެއް ޓްވީޓްގައި ގެނެސްދީފައިވާ އިރު، މި ވާހަކަތަކުން ސީދާ މާނަ ކޮށްދެނީ ކޮންކަމެއްކަމެއް ބުނެދީފައެއްނެވެ. އިމްރާންގެ އިބާރާތްތައް ގެނެސްފައި ވަނި މާ ފުންކޮށެވެ.
އިމްރާން ވިދާޅުވެފައި ވަނީ މާކިޔާބެއް ލިބުމަކީ ބޮޑާކަމާ ކިބުރުވެރިކަންދައްކާ އަނެކުން ނިކަމެތިކޮށް ޙައްޤުތަކުން މަޙްރޫމް ކުރަންވީ ސަބަބެއް ނޫންކަމަށާއި އަދި ކާމިޔާބެއް ލިބުމަކީ ހާސްވެ މާޔޫސްވެ ތިމާއާއި ތިމާގެ ޖަމާޢަތް ހަލާކުގެ ތެރެއަށް އެއްލާލަންވީ ސަބަބެއްވެސް ނޫންކަމަށެވެ.
އިމްރާން މިފަދަ ބަސްތަކަކުން ޓްވީޓް ކުރައްވާފައި މިވަނީ ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެނަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.
އެހެން ކަމުން އިމްރާންގެ މި ޓްވީޓް އިޝާރާތްކުރައްވާފައި ވަނީ އެކަމަށް ކަމުގައި ގިނަ ބަޔަކު ދަނީ ދެކެމުންނެވެ.
kaamiyaabeh libumakee bodakama,kiburuverikan dhakaa,anekun nikamethikoh hahquthakun mahuroon kuranvee sababeh noon.
adhi naakaamiyaabeh libubumakee haasve,goiy husve,maayoosve thimaya thimage jamaa'aiy halaakuge thereah ellaalanvee sababehves noon.
— Imran Abdulla (@ShimranAb) April 30, 2021
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެނައުމުގެ އަޑުތައް ފެތުރިފައިވާއިރު، ބައެއް މިނިސްޓަރުން މަޤާމުން ދުރުކުރާނެކަމުގައިވެސް ވަނީ އަޑުތައް ފެތުރިފައެވެ.
އިމްރާންގެ ޓްވީޓަށް ރައްދު ދެއްވާ ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނައިރު، އެމްޑީޕީގައި ކުރިން އިސްކޮށް އުޅުއްވި ރުކުމާ ވިދާޅުވެފައި ވަނީ ތިޔަ ބަހުގެ ފުންކަމުން އިރުގެ ދޯފި ނުފޯރާކަމަށާއި، އަދި އެންމެ އިންޗިއެއް ތިލަވިޔަސް ޝިކާރަ ވުމުގެ ބިރު އޮތްކަމަށެވެ.
"ގަބޫލުކުރަން ވަޒީރު އަށް މިވަގުތު ބަސް ބުނުމުގެ މިނިވަންކަން އޮތް ހިސާބު. ތިޔަ ބުނެލާ ބަހުގެ ފުންކަމުން އިރުގެ ދޯފި ނުފޯރާ. ތި ވިދާޅުވާ ވަރަށް ވުރެން އެންމެ އިންޗިއެއް ތިލަވިޔަސް ޝިކާރަ ވުމުގެ ބިރު އެބައޮތެވެ. އަޅުގަނޑު ދޭނެ ނަސޭހަތަކީ އަދިވެސް ކުޑަކޮށް ކެމޮފްލާޖް ވެލާށެވެ." ރުކުމަ ވިދާޅުވެފައިވެއެވެ.





ހިޔާލު
Ontheway ga .Eid eba aadey . Varah Nala hedilaathi . Salhi vaane .