އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީ އިން ހުއްޓާނުލާނެކަމުގައި އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަސައްކަތް ތެރިންގެ ދުވަހުގެ ތަޙްނިޔާ އަރިސްކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަސައްކަތްތެރިންގެ ޙައްޤުގަ އެމްޑީޕީ އިން އަބަދުވެސް ވަކާލާތު ކުރާނެކަމަށާއި، އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީ އިން ހުއްޓާނުލާނެކަމަށެވެ.
މިނިމަންވޭޖް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދުގެ ރިޔާސީވަޢުދެކެވެ. އެގޮތުން މިހާތަނަށް މިނިމަން ވޭޖް ކަނޑަނޭޅި ގިނަ ދުވަސްވެފައިވާތީ ގިނަ ބަޔަކު އެކަމަށް ފާޑު ކިޔާފައިވާއިރު، ކޮވިޑްގެ މި ދަނޑިވަޅުގައި މިނިމަންވޭޖް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ ތެރޭގައެވެ.
މި އިސްލާހުގައި ބުނެފައިވާ ގޮތުން މިނިމަން ވޭޖް ކަނޑައަޅަން ލަފާދޭނީ މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުންނެވެ. ނަމަވެސް މި ބޯޑުން މިދިޔަ އަހަރު ތެރޭގައި ވަނީ މިއީ މިނިމަމް ވޭޖް ކަނޑައަޅަން ރަނގަޅު ވަގުތު ނޫންކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން މިދިޔަ އަހަރު ވަނީ އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާފައެވެ.




4 Responses
Kohaadhogeh sa****aan
Mi gaumu halaaku raees nasheed kohfi
Verikamah parliament ah arann v zuvaanun mi old memberun adhi abadhu dhaaimee sarukaareh hidhumathu ga thibi meehun vaki koh mulhin aaa kuran vefa mi othy sarukaaru hingaa meehun
Minimum wage Kanda alhaa nimijje noon thoa adhi eyge ithurun Frontline allowance ves eyge haggu verin nah dhee nimijje
Raees Nasheed vaaha nudgahkaa hurey.
Raees Maumoon ah vure 500% Raees Nasheed hudhumuhuthaaru kamaai curruption ai fithuna fasaadha ufehdhun bodu