އައްޑޫ ސިޓީ - ފޮޓޯ: ދި އެޑިޝަން

އައްޑޫ ސިޓީން ފްލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ފްލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑު ސިޓީން ފްލޫ ކުލިނިކަށް ދެެއްކި މީހަކު ޕޮޒިޓިވްވެފައި މިވަނީ އެ ސިޓީގައި ބާއްވާ ގޯދިއްޔާ މުބާރާތުގައި ކުޅުމަށް އެ ސިޓީއަށް އައިސް ކަރަންޓީނުގައި ހުރި ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނިކޮށެވެ. މި ކުޅުން ތެރިޔާ ޕޮޒިޓިވްވިއިރު އޭނާ ކަރަންޓީންގެ އުޞޫލާ ޚިލާފުވެފައިވާކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

މީގެ އިތުރުން ފައިތުވި ދެ ދުވަސްތެރޭގައި ހުޅުދޫ މީދޫ އިން ވެސް 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

އައްޑޫގައި މީގެކުރިންވެސް ކޮވިޑް-19 ވަނީ ވަރަށް ބޮޑަސް ފެތުރިފައެވެ. އަނެއްކާ އަޑޫއިން ކޮވިޑް ފެނިފައިވާއިރު، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތައް އައްޑޫ ސިޓީގައި މިހާރު ދަނީ ކުރިޔަށް ގެންދަމުނެވެ.

އައްޑޫއިން ކޮވިޑް ފެނުމާއެކު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ހިންގަމުން އަންނަ ފްލޫ ކުލިނިކް އަނެއްކާވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގައި މިހާތަނަށް 29،835 އަށްވުރެ ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން73 މީހަކު ނިޔާވެފައިވާއިރު، އަތޮޅު ތެރޭގެ ގިނަ ރައްތަކެއްގައިވެސް މިހާރު އަންނަނީ މިބަލި ފެތުރެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ