ޕޮޒިޓިވް ކޭސްއަކާއި ގުޅިގެން ހއ. ދިއްދޫއަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.
އެރަށުން ޕޮޒިޓިވްވެފައިވަނީ އަލާމަތް ހުރެގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އަދި މަޢުލޫމާތު ލިބޭގޮތުގައި މިމީހާއަކީ ގިނަ މީހުންނާއި ބައްދަލުވާ ތަނެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.
އަދި އޭނާއަކީ އެއް ގޮތަކަށްވެސް މާލޭ ދިޔަ ފަރާތެއްވެސް ނޫންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކޮންޓެކްޓް ޓްރެސިންގ ހެދުމަށް މިހާރު އެރަށް އޮތީ މޮނިޓަރަންގއަށް ލާފައެވެ.
މިފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ގިނަވާން ފަށާފައިވާއިރު، ވެރިރަށް މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ކޮވިޑް-19 ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.
އެގޮތުން ކޮވިޑާއި ގުޅިގެން އަތޮޅުތެރޭގެ 22 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ. އެރަށްތަކަކީ ޅ.ނައިފަރު، އދ.މާމިގިނލި، ތ.ވޭމަންޑޫ، ތ.މަޑިފުށި، އއ.ބޮޑުފޮޅުދޫ، ބ.އޭދަފުށި، ކ.ހިންމަފުށި، ކ.ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، އއ.އުކުޅަސް، ކ.ތުލުސްދޫ، ލ.ދަނބިދޫ، އއ.ރަސްދޫ، މ.ކޮޅުފުށި، އައްޑޫސިޓީ އަދި އދ.ދަނގެތީގެ އިތުރުން ހއ. ދިއްދޫއެވެ.



