ކޮވިޑް-19: އިތުރު 402 މީހުން ޕޮޒިޓިވް ވެއްޖެ، ޖެހުނު އަދަދު ތިރީސް ހާހުން މައްޗަށް

ރާއްޖެއިން މިއަދު ކޮވިޑް-19އަށް އިތުރު 402 މީހުން ޕޮޒިޓިވްވެ، ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ތިރީސް ހާހުން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 3،854 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 402 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 174 މީހުން، އަތޮޅުތެރޭ ރަށްތަކުން 179 މީހުން، އަދި ރިސޯޓުތަކުން 6 މީހުންނެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24،934 އެވެ. މިވަގުތު 5،221 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 161 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 73 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.

އަތޮޅު ތެރޭގެ ކޭސްތަކަށް ބަލާލާއިރު މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގެ ތެރެއިން މިިއަދު އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ ޅ.ނައިފަރުންނެވެ. އެގޮތުން އެރަށުން އިތުރު 47 ކޭސް މިއަދު ފެނިފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ. މީގެއިތުރުން އއ. މަތިވެރިން 25 ކޭސް އަދި އއ. މަތިވެރިން ކޮވިޑުގެ އިތުރު 20 ކޭސް މިއަދު ފެނިފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ. މީގެއިތުރުން ގުޅީފަޅުން ކޮވިޑުގެ އިތުރު 19 ކޭސް އަދި ތިލަފުށިން24 ކޭސް މިއަދުވަނީ ފެނިފައެވެ.

މިފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ގިނަވާން ފަށާފައިވާއިރު، ވެރިރަށް މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ކޮވިޑް-19 ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

އެގޮތުން ކޮވިޑާއި ގުޅިގެން އަތޮޅުތެރޭގެ 22 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ. އެރަށްތަކަކީ ޅ.ނައިފަރު، އދ.މާމިގިނލި، ތ.ވޭމަންޑޫ، ތ.މަޑިފުށި، އއ.ބޮޑުފޮޅުދޫ، ބ.އޭދަފުށި، ކ.ހިންމަފުށި، ކ.ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، އއ.އުކުޅަސް، ކ.ތުލުސްދޫ، ލ.ދަނބިދޫ، އއ.ރަސްދޫ، މ.ކޮޅުފުށި، އައްޑޫސިޓީ އަދި އދ.ދަނގެތީގެ އިތުރުން ހއ. ދިއްދޫއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ