ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާގެ ތެރެއިން | ފޮޓޯ: ވަން އޮންލައިން

ކޮވިޑުގައި 39 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އުމުރުން 39 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

ނިޔާޥެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ފައި ފަރުވާދެމުން ދިޔަ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 74 ވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު އުޅެނީ ތިރީސް ހާހުން މަތީގައެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24،934 އެވެ. މިވަގުތު 5،221 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 161 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

މިފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ގިނަވާން ފަށާފައިވާއިރު، ވެރިރަށް މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ކޮވިޑް-19 ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

އެގޮތުން ކޮވިޑާއި ގުޅިގެން އަތޮޅުތެރޭގެ 22 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ. އެރަށްތަކަކީ ޅ.ނައިފަރު، އދ.މާމިގިނލި، ތ.ވޭމަންޑޫ، ތ.މަޑިފުށި، އއ.ބޮޑުފޮޅުދޫ، ބ.އޭދަފުށި، ކ.ހިންމަފުށި، ކ.ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، އއ.އުކުޅަސް، ކ.ތުލުސްދޫ، ލ.ދަނބިދޫ، އއ.ރަސްދޫ، މ.ކޮޅުފުށި، އައްޑޫސިޓީ އަދި އދ.ދަނގެތީގެ އިތުރުން ހއ. ދިއްދޫއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ