ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބިސް ވިއްކާ އަގު ކުޑަކޮށްފިއެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި 255 ރުފިޔާއަށް ވިއްކަމުން އައި ބިސް ކޭހުގެ އަގު މިހާރުވަނީ 100 ރުފިޔާއަށް ކުޑަކޮށްފައެވެ.
ރަމަޟާން މަސް ފެށުނުއިރުވެސް އެސްޓީއޯއިންވަނީ ބިހުގެ އަފު ހެޔޮކޮށްފައެވެ. އެގޮތުން އޭރު އެސްޓީއޯއިން ބިސް ވިއްކާފައިވަނީ 265 ރުފިޔާއަށް ބިސް ކޭހެކެވެ. ބިހު އިތުރުން ރޯދައާއި ދިމާކޮށް ފިޔާ އަލުވީގެ އަގުވެސް އެސްޓީއޯއިންވަނީ ހެޔޮކޮށްފައެވެ.
ބިސް ހޯލްސޭލް އަގު ބޮޑުތަނުން ހެޔޮވެއްޖެ! pic.twitter.com/iCUuzY4Q0W
— STO Supermart (@sto_supermart) May 4, 2021
އެސްޓީއޯއިން ފިޔާ އެންމެ ފަހުން އަގު ހެޔޮކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުއެވެ. އެގޮތުން އެސްޓީއޯއިންވަނީ ފިޔާ ބަސްތާއެއް ވިއްކާ އަގުވެސްވަނީ 100 ރުފިޔާއަށް ކުޑަކޮށްފައެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި މި ރޯދަ މަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ހުސްނުވެ ލިބޭނެއެވެ. އަދި ބާޒާރުގައި އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކޮންމެ އަހަރެއްގައި ވެސް އެސްޓީއޯ އިން އަންނަނީ އާއްމުންނަށް ވީހާވެސް ހެޔޮ އަގެއްގައި ތަކެތި ވިއްކަމުންނެވެ.