ކާފިއުއާއި ގުޅިގެން ވެމްކޯގެ ޚިދުމަތްތަކަށް ބަދަލުގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިޢުލާނުކޮށްފައިވާ ކާއިފުއާއި ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޚިދުމަތްތަކަށް ބަދަލުގެނެސްފިއެވެ.

ވެމްކޯއިން މިއަދު ވިދާޅުވީ ފުރަމާލެ ސަރަހައްދުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ގެ ކޮމިޔުނިޓީ ސްޕްރެޑް އާއި ގުޅިގެން،
ސަރުކާރުން އިޢުލާންކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރިޢާޔަށްކުރުމަށްފަހު އެކޯޕަރޭޝަނުން މިސަރަހައްދުގައި ފޯރުކޮށްދެމުންދާ
ހިދުމަތްތަކަށް ވަކި ގޮތެއް އަންގަންދެން ބަދަލުގެނެސްފައިވާކަމަށެވެ.

އެގޮތުން ވެމްކޯއިން މިދިޔަ އަންގާރަ ދުވަހު އިޢުލާންކުރެވުނު ބަދަލުތަކަށް ވަނީ އިސްލާހުގެނެސްފައެވެ.

ވެމްކޯއިން އިން ވިދާޅުވީ މާލެ، ހުޅުމަލެ އަދި ވިލިމާލޭގައި ހުރި ވެމްކޯގެ ޓަރާންސްފަރ ސްޓޭޝަނުންދޭ ޚިދުމަތްތައް 17:00 ގައި ބަންދު ކުރެވޭނެކަމަށާއި، ވެމްކޯ ކޯލް ސެންޓަރ - 1666 ގެ ޚިދުމަތް ފޯރުކޮށްދޭ ވަގުތަކީ 09:00 އިން 15:00 އަށްކަމަށެވެ.

މީގެ އިތުރުން ގޭބިސީތަކުން ކުނި ނެރެންވާނީ 21:00 އިން 22:00 އަށް ކަމުގައި ވެމްކޯއިން ވަނީ ވިދާޅުވެފައެވެ.

ވެމްކޯއިން ވިދާޅުވީ މިގެނެވުނު ބަދަލުތަކުގެ ސަބަބުން، ޚިދުމަތް ހޯއްދެވުމުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭކަމަށާއި، އަދި ބަދަލުވަމުންދާ މިހާލަތުގައި، ކަސްޓަމަރުންގެ ފަރާތުންދެއްވާ
އެއްބާރުލުމަށް ޝުކުރުދަންނަވާކަމަށެވެ.

ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އަލުން ވަނީ ވަރުގަދަ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ