ބ. އޭދަފުށީ އުތުރު ފަރާތަށް ވަރަށް ބޮޑަށް މިއަދު އުދަ އަރަމުން އެބަ ގެންދެއެވެ.
އޭދަފުށީ އުތުރު ފަރާތު ސްޓޭޖު ސަރަހައްދަށް އުދަ އަރަން ފެށީ މިއަދު މެންދުރުކުރިން ފެށިގެންނެވެ.
އޭދަފުށީ ކައުންސިލް މެންބަރަކު ވިދާޅުވީ، އުދަ އެރުމުގެ ސަބަބުން މީހަކަށް އަދި ތަނަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި، ނަމަވެސް ސްޓޭޖް ސަރަހައްދާ ހަމައަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

އެ ސަރަހައްދަށް އަދިވެސް ދަނީ އުދަ އަރަމުންދާއިރު، މިއީ މި ފަހުން، އޭދަފުއްޓަށް އަށް މިހާ ބޮޑަށް އުދަ އެރި ފުރަތަމަ ފަހަރެވެ.
އޭދަފުއްޓަށް ވަރަށް ބޮޑަށް އުދައަރަމުންދާއިރު އުތުރުގެ ބައެއް ރަށްތަކަށާއި މަލެއަށްވެސް މިއަދު ދަނީ އުދަ އަރަމުންނެވެ.
ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް މެޓް އޮފީހުންވެސް ވަނީ ވިދާޅުވެފައެވެ.