ފޮޓޯ: ރާއްޖެ އެމްވީ

އޭދަފުށީ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްޖޫމް އަބޫބަކުރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީއިން ބުނީ، ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު 2 މައްސަލައެއް އެކޯޓުގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް، އެމެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށް، އެ ދެ މައްސަލަ ބެލުމާ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްޖޫމް އަބޫބަކުރު ހަވާލުވުމުގައި، ފަނޑިޔާރުގެ ސުލޫކަށް އަސަރު ކޮށްފާނެފަދަ ކަންތައްތަކެއް މިކޮމިޝަނަށް ފާހަގަކުރެވޭތީ، މި މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީން ނިންމުމާ ގުޅިގެން މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލުމަށް މިއަދު ބޭއްވުނު މިއަހަރުގެ 71 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށެވެ.

ޖޭއެސްސީއަށް މިދިޔަ އަހަރު އައި ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ މައްސަލަތައް ދަނީ ބަލަމުންނެވެ. އަދި މައްސަލަ ބެލުމަށްފަހު ބައެއް ފަނޑިޔާރުން މަޤާމުން ދުރުކޮށްފައިވާއިރު، ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށްވެސް ޖޭއެސްސީއިންވަނީ ނިންމާފައެވެ.

އެގޮތުން ލ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަރީފުއާ ބެހޭގޮތުން ތަޙްޤީޤުކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖޭއެސްސީއިން މިއަދުވަނީ ބުނެފައެވެ. ޢަލީ ޝަރީފާގެ ސްލޫކީ މައްސަލައެއް ޖޭއެސްސީއިން ބަލަންފެށީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެންނެވެ.

https://feshun.mv/wp-admin/post-new.php

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ