ރައީސް ނަޝީދުއަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފިއެވެ.

އެއްޗެއް ގޮއްވާލާފައި ވަނީ ރައީސް ނަޝީދުގެ ގެ ކޮޅު ގ. ކެނެރީގޭ ކައިރީގައެވެ. އެއްޗެއް ގޮއްވާލާފައި ވަނީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތް ވަގުތެވެ. އަދި މިހާދިސާގައި ރައީސް ނަޝީދުއަށް އަނިޔާވެފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

ރައީސް ނަޝީދުގެ އިތުރުން ބިދޭސީއަކަށް ވެސް މިހަމަލާގައި އަނިޔާވެފައިވާއިރު، މިދެމީހުންވެސް މިހާރުވަނީ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިހާދިސާގައި ރައީސް ނަޝީދުއަށް އަނިޔާވެފައިވާކަން ފުލުހުންވެސްވަނީ ކަށަވަރު ކޮށްދީފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އޭޑީކޭގައި ނަޝީދުއަށް ފަރުވާދެމުން އެބަގެންދެއެވެ.

އަދި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ނިރުބަވެރި ހަމަލާ ހަރުކަށި އިބާރާތުން އެތަށް ބަޔަކުވަނީ ކުށްވެރިކުރަން ކޮށްފައެވެ. އޭގެތެރޭގައި ސަރުކާރުގެ އިސްވެރިންގެ އިތުރުން ކުރީގެ ރައީސުންނާއި އިދިކޮޅު ކޯލިޝަންވެސް ހިމެނެއެވެ.

ހަމަލާދިން ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާއިރު ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ އެއްވެފައެވެ.

ނަޝީދުއަށް މިހަމަލާ އަމާޒުވެފައި މިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ މުޅު ލިސްޓް މިހާރު މަޖިލީހަށް ލިބިފައިވާކަމަށް މިރޭ ޓްވީޓު ކުރައްވާފައިވަނިކޮށެވެ. އެގޮތުން މިޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ސަލާމަތީ ޚިދުމަތްތަކުގައާއި، ޝަރުޢީ ދާއިރާގައާއި، މިނިވަން މުއައްސަސާތަކުގައި ކުރީގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާއި އެ ތަންތަނުގައި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކާއި އަދި
މިހާރުވެސް މެންބަރުކަމުގައި ތިއްބެވި ފަރާތްތަކާއި، އަދި ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރުވެސް އެ މަޤާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުން ހިމެނޭކަމަށް ނަޝީދު އާންމުކުރެއްވި މަޖިލީހުގެ ނޫސްބަޔާނުގައި ވެއެވެ.

މިހާދިސާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާގެ ތަފްޞީލެއް އަދި ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
112
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Bulbul

    Ehves rahyithakah aniyaa eh gehlumeh dhinumakee balaiganevene kamehnoon. Adhi mie varahves findi amaleh. Kurin MDP buni Raees Yaameen Finfenmaa launch ei Drama eh kamah. Mifaharu mie MDP ge Drama eh noonbaa

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ