ކޮވިޑް-19 ޖެހިގެން 81 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން 81 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ކޮވިޑް-19 ޖެހިގެން މިއަދު 2:46 ގައި ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 82 ވަނަ މީހާއެވެ. އިއްޔެއާއި މިއަދު ފާހަގަ ކޮށްލެވެނީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން މީހުން ނިޔާވުން އިތުރު ދެދުވަހުގެ ގޮތުގައެވެ.

ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު، ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އުޅެނީ 400 އިން މަތީގައެވެ.

އެގޮތުން އިއްޔެ އެކަނިވެސް، 703 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިންވަނީ ހާމަކޮށްފައެެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ