ނެޓްފިލްކްސް އިން ގެނެސްދެމުން އަންނަ އެންމެ ކާމިޔާބު ސީރީޒް "ސްޓްރޭންޖާ ތިންގްސް" ސީޒަން 4 އާ ޓްރެއިލާއެއް ނެޓްފްލިކްސް އިން ނެރެފިއެވެ.
ސްޓްރޭންޖާ ތިންގްސް ގެ 3 ވަނަ ސީޒަން ނިމުނުތާ މިހާރު ގާތްގަނޑަކަށް އެއް އަހަރު ދުވަސްވެފައިވާއިރު، ހަތަރު ވަނަ ސީޒަން ބެލުންތެރިންނާއި ހަމައަށް އައުން ލަސްވެފައިވަނީ ކޮވިޑް-19 ގެ ޕެންޑެމިކް އާއި ގުޅިގެންނެވެ.
ނެޓްފްލިކްސް އިން ނެރުނު ސީޒަން4ގެ އާ ޓްރެއިލާއިން ސީރީޒްގެ ވާހަކަ އަނެއްކާވެސް ސީޒަން އެކެއްގައި ހިނގާ ދިޔަ ކަންތައްތަކާއި ހިސާބުން ދައްކައެވެ.
ސީޒަން 3 ނިއްމާލައިފައިވަނީ، ފޭނުންނަށް ވަރަށް ބޮޑު ސަޕްރައިޒެއް ދީފައެވެ. އެއީ ސީރީޒްގެ އެންމެ ލޯބި ލިބިފައިވާ ކެރެކްޓަރ " ޖިމް ހޮޕާ" ގެ މަރުންނެވެ.
ނަމަވެސް މީގެ ކުރިން ދައްކާލި ޓީޒާ ޓްރެއިލާއެއްގައި "ޖިމް" އަދި މަރުނުވާކަން ދައްކައެވެ.
ނަވާރަ ސަތޭކަ އައްޑިހައިގެ ދުވަސްވަރު ދައްކުވައިދޭ މި ސީރީޒްގައި ފެނިގެންދަނީ، “ހޯކިންސް” ނަމަކަށް ކިޔާ ސިޓީއެއްގައި އުމުރުން ހަގު ކުދިންތަކަކަށް ކުރިމަތިވާ ސުޕަރނެޗުރަލް ހާދިސާތަކެކެވެ.




