ކާފިއުގެ ވަގުތުގައި ކުޅުދުއްފުށީ ސިޓީ | ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ކުޅުދުއްފުށި ސިޓީ ހިމެނޭ ގޮތަށް 3 ރަށެއް މޮނިޓަރިން އިން ނަގައިފި

ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށްލާފައިވާ ރަށްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ހިމެނޭ ގޮތަށް 3 ރަށެއް މޮނިޓަރިން އިން ނަގައިފިއެވެ.

މިއަދު މޮނިޓަރިންގެ ހާލަތުން ނަގާފައި ވަނީ ކުޅުދުއްފުށި ސިޓީއާއި، އއ. ބޮޑުފޮޅުދޫއާއި، މ. ކޮޅުފުއްޓެކެވެ.

އޭގެ ތެރެއިން އއ. ބޮޑުފޮޅުދޫ މޮނިޓަރިންއަށްލާފައި ވަނީ މިދިޔަ އޭޕްރީލް 19 ވަނަ ދުވަހުއެވެ. އަދި މ. ކޮޅުފުށި މޮނިޓަރިންއަށްލީ އޭޕްރީލް 30 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށި ސިޓީ މޮނިޓަރިންއަށް ލާފައި ވަނީ ކުޅުދުއްފުށީ ފްލޫ ކްލިނިކުން ނެގި ތިން ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން މި މަހުގެ 2 ވަނަ ދުވަހުއެވެ. އެރަށް މޮނިޓަރިންއިން ނަގާފައި ވަނީ މިއަދު މެންދުރު 12:30 ގައެވެ.

އެރަށުން ޕޮޒިޓިވްވެފައިވަނީ ދެ މަފިރިއަޔާއި އެ އާއިލާގެ އިތުރުން މެމްބަރެކެވެ. އެއީ 24 އަހަރާއި 35 އަދި 33 އަހަރުގެ މީހެކެވެ. އެ ތިން މީހުން ޑޮކްޓަރަށް ދެއްކީ ބަލީގެ އަލާމާތްތައް ހުރެގެންނެވެ.

ކުޅުދުއްފުށީ ސިޓީ މޮނިޓަރިންއިން ނަގާފައި މިވަނީ ފާއިތުވި3 ދުވަހުވެސް އެރަށުން ނަގަފައިވާ ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަ ކުރައްވާފައިވާ ގޮތުގައި އެ ސިޓީން ވަނީ 3 ދުވަސްތެރޭގައި 234 ރެންޑަމް ސާމްޕަލެއް ނެގިފައެވެ. އަދި ތިން ވަނަ ދުވަހު 100 ސަމްޕަލެއް ނެގުނު އިރު އެ ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް ވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

މި 3 ރަށް މޮނިޓަރިންގެ ހާލަތުން ނެގުމައި ގުޅިގެން އަތޮޅު ތެރެއިން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ރަށްތަކުގެ އަދަދު މިހާރު ވަނީ 28 އަށް ވެއްޓިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ