ރައީސް ނަޝީދުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން: އައިލާ

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން އަންނައިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމުގައި އާއިލާއިން ވިދާޅުވެއްޖެއެވެ.

އެގޮތުން ރައީސް ނަޝީދުގެ އާއިލާބޭފުޅަކު ސޯޝަލް މީޑިއާގައި ވިދާޅުވީ އެމަނިކުފާނު މިހާރު ވަނީ ލައިފް ސަޕޯޓުން ނަގާފައިކަމަށާއި އަދި އަމިއްލަ އަށް ނޭވާ ލެވޭކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު އެބޭފުޅާއާއި ވާހަކަ ދެއްކެވިކަމަށްވެސް ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އައިއީޑީއަށް ވަނީ ގިނަ އަދަދެއްގެ ރޭޒަރ ފުއްތަކެއް އަޅާފައެވެ. މިހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށްވެސް ގިނައަދަދެއްގެ ރޭޒަރ ފުއްވަނީ ވަދެފައެވެ.

މިހަމަލާއައި ގުޅިގެން ފުލުހުން މިހާތަނަށް ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އޮންލައިން ނޫސް އަދަދުން ރިޕޯޓްކޮސްފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އައިއީޑީ ބޭއްވި ސައިކަލްގެ ވެރިމީހާ ކަން އެނޫހަށް ކަށަވަރު ކުރެވިފައިވާކަމަށެވެ.

މިހަމަލާއައި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސައިކަލްގެ ވެރިމީހާއާއި، ބޮންގޮއްވާލިކަމަށް ތުހުމަތު ކުރެވޭ މީހާތޯ މިނޫހުން ފުލުހުންނާއި ސުވާލުކުރުމުން އެމަޢުލޫމާތު ދީފައެއްނުވެއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ ތަޙްޤީޤުގެ ބޭނުނަށް މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅަމުން އެދަނީ ޖިނާއީ އަދުލުގެ ނިޒާމް ރޭވިފައި އޮންނަ ގޮތަށާއި އިޖުރާޢަތުގެ ހަމަތަކަށް ރިޢާޔަތްކޮށް ޝަރީޢަތަށް ބޭނުންހިފޭނެ ހެކި ހޯދުމަށް އަމާޒުކޮށްގެންކަމަށެވެ.

މިހަމަލާ ތަޙްޤީޤު ކުރުމަށް ފުލުހުން މިހާރު އަންނަނީ ބޭރުގެ ތަޖުރިބާ ކާރުންގެ އެހީ ހޯއްދަވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ