ރައީސް ސާލިޙްގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެ، ފަރުވާ ދެނީ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ މަންމާފުޅު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރައީސް ސާލީހުގެ މަންމާފުޅަށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު ފަރުވާދެމުންދާކަމަށްވެސް ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ.

ނަމަވެސް އެކަމަނާގެ ހާޅުކޮޅާއި ގުޅޭގޮތުން މައުލޫމާތެެއް ނުލިބެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ރައީސް ސާލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސްވަނީ ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ހޯއްދަވާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 4،507 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 1091 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 933 މީހުން، އަތޮޅުތެރޭ ރަށްތަކުން 147 މީހުން، އަދި ރިސޯޓުތަކުން 06 މީހުންނެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 26،299 އެވެ. މިވަގުތު 9،423 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 250 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 84 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ