އުފަންދުވަސް ފާހަގަކުރުމަށް ކުރިއަށް ދިޔަ ޕާޓީއެއްގެ ތެރެއަށް ވަދެ ބަޑިޖަހައި ހަމީހުން މަރާލައިފިއެވެ.
މިހާދިސާ ހިނގީ އެމެރިކާގެ ކޮލޮރާޑޯ ސްޕްރިންގްސް ގައެވެ. މި ހަމަލާދިން މީހާވަނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން އަމިއްލައަށް ބަޑިޖަހައި މަރުވެފައެވެ.
މިހާދިސާ ހިނގިތާ ކުޑަކުދިން ތިބިނަމަވެސް މިހާދިސާގައި މަރުވެފައިވަނީ ހުސް ބޮޑެތިމީހުންނެވެ. ހަމަލާދިން މަގުސަދު އަދި ފުލުހުންނަށް ހޯދިފައި ނުވާއިރު ހަމަލާދިން މީހާއަކީ މަރުވި މީހުންގެ ތެރެއިން އެއް އަންހެން ކުއްޖެއްގެ ފިރެހެން ލޯބިވެރިއާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ބަޑިޖަހައި އެތައް ބަޔަކު މަރާލި މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު 12:18 ހާއިރު ކަމަށާއި ހާދިސާ ހިނގީ މޯބައިލް ގެތަކެއް ހިމެނޭ ޕާކެއްގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިއަހަރުގެ މާރޗް މަހުގެ ތެރޭގައިވެސް ކޮލޮރާޑޯގައި މިފަދަ ބަޑިޖެހުމުގެ ހާދިސާއެއްގައި 10 މީހުން މަރުވެފައި ވެއެވެ. މިހަމަލާ ދީފައިވަނީ ފިހާރައެއްގެ ތެރޭގައެވެ. މިހަމަލާ ދިންމީހާގެ މައްޗަށް 10 މީހުން މެރިކަމުގެ ދައުވާ އައްނަނީ ކުރަމުންނެވެ.



