އިތުރު 1204 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިތުރު 1204 މީހަކު ދިވެހިރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މީގެ ތެރޭގައި މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޕެންޑިންގައި ނަތީޖާ ނުނެރެވި ހުރި ސާޕްޕަލްތަކުގެ ނަތީޖާވެސް ހިމެނެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ، އިއްޔެގެ އިރުއޮއްސި 06:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 06:00 އާއި ހަމައަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 729 މީހަކު ކަމަށެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިމަހުގެ 1 ވަނަ ދުވަހުގެ ސާމްޕަލަކާއި، 4 ވަނަ ދުވަހުގެ 15 ސާމްޕަލާއި، 5 ވަނަ ދުވަހުގެ 7 ސާމްޕަލާއި، 6 ވަނަ ދުވަހުގެ 132 ސާމްޕަލާއި، 7 ވަނަ ދުވަހުގެ 112 ސާމްޕަލާއި، 8 ވަނަ ދުވަހުގެ 208 ސާމްޕަލްގެ އިތުރުން 9 ވަނަ ދުވަހުގެ 695 ސާމްޕަލް އަދި މިއަދުގެ 34 ސާމްޕަލެވެ.

މިއާއެކު އެކްޓިވް ކޮވިޑް ކޭސްތަކުގެ އަދަދު މިވަނީ 10،376 އަށް އަރާފައެވެ. މީގެ ތެރެއިން 244 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު، މި ބަލީގައި87 މީހަކު ދުނިޔެ ދޫކޮށްގޮސްފައިވެއެވެ.

ރާއްޖެއިން 37019 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ބަލިން ރަނގަޅުވެފައިވަނީ 26547 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ