ފޮޓޯ: މިހާރު

ކުޅުދުއްފުށިން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހދ. ކުޅުދުއްފުށިން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އޮފް ހެލްތް ސާވިރސަސް އަހުމަދު ދާއޫދު (ޑޭވިޑް) އިއްޔެ ފުލޫ އޯޕީޑީއިން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން އެންމެ ކައިރިން ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަ ވީ ފަރާތްތަކުގެ ތެރެއިން އިތުރު 3 ފަރާތެއް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ފުލޫ އޯޕީޑީއިން ޕޮޒިޓިވްވި ކޭސްއާއި ގުޅިގެން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު ދެފަރާތެއް އިއްޔެވެސްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ 6 ކަށް އަރާފައެވެ.

މިރޭ ވެސް މި ކޭސްއާ ގުޅުން ހުރި އިތުރު ބޭފުޅުންގެ ސާމްޕަލް ނަގާނެކަމަށާއި، އަދި މިހާރު ރަށުގައި ބަލި އުޅުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށްވެސް ޑޭވިޑްވަނީ ނަސޭހަތްތެރިވެފައެވެ.
ޑޭވިޑް އިތުރަށް ވިދާޅުވީ، މާދަމާއަކީ ޢީދު ދުވަސްކަމުން މިރޭ އަދި މާދަމާ ވެސް ގިނަ ބަޔަކު ނުކުމެ އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެންނާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށާއި، އެކަކު އަނެކަކު ބައްދަލުވާއިރު ނުވަތަ ފިހާރައަކަށް ދިޔަސް، ބޭރަށް ނުކުތަސް، މިސްކިތަށް ދިޔަސް ނުވަތަ އެހެން ތަނަކަށް ދިޔަސް މާސްކު އެޅުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ދަންނަވާކަމަށެވެ.
"ރަގަޅު ގޮތަކީ ވީ ވަރަކުން ބޭރަށް ނުނިކުތުން. އަދި ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށް ނަސޭހަތްތެރިވަން." ޑޭވިޑް ވިދާޅުވިއެވެ.

މީގެއިތުރުން އެއްވެސް ކަހަލަ އަލާމާތެއް ހުރި ނަމަ ލަސް ނުކޮށް ޓެސްޓު ކުރުމަށާއި، ނުވަތަ ކޮވިޑް ހޮޓްލައިނަށް (7606688) ގުޅައި ނުވަތަ އެސްއެމްއެސް/ވައިބަރ ކުރުމަށްވެސްވަނީ އެދިފައެވެ.

https://feshun.wonstasite.com/120735

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ