އައްޑޫ ސިޓީ އިން މާލެއަށް ދަތުރުކުރި ފްލައިޓްގެ ތެރޭގައި ދިވެހި ޒުވާން އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެއެެވެ.
އެ މައްސަލަ ފެންމަތިކޮށްފައި ވަނީ މީސް މީޑިއާ މެދުވެރިކޮށެވެ. އެ މައްސަލަ ފެންމަތި ކުރާ ޒުވާނާ ބުނިގޮތުގައި، އޭނާއަށް ޖިންސީ ފުރައްސާރަ ކޮށްފައިވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ލެކްޗަރާއެއް ކަމަށެވެ.
އެ މަތިންދާ ބޯޓު ތެރޭގައި ދިމާވި ހާދިސާ ތަފްސީލްކޮށްދެމުން އޭނާ ބުނީ، އެ މީހާއަކީ އޭނާ މަތިންދާ ބޯޓުގެ ކުރީ ޝީޓުގައި އިން މީހެއް ކަމަށާއި، މަތިންދާ ބޯޓަށް އަރާ، ބޯޓު ވެލާނާ އެއާޕޯޓްގައި ޖައްސަންދެން އެ މީހާ އޭނާއަށް އެކި ގޮތްގޮތުން ފުރައްސާ ކުރަމުން ދިޔަ ކަމަށެވެ.
އެގޮތުން ފަހަތަށް އެނބުރި އޭނާއާ ދިމާލަށް ބަލައި، ޖިންސީ ފުރައްސާކޮށް، ފޯނުންވެސް ފާޑު ފާޑު އެއްޗެހި ދެއްކި ކަމަށް އޭނާ ބުންޏެވެ. އަދި އަނގައިންނާއި އަތުންވެސް ޖިންސީ ކަންކަމަށް ހިތްވަރުދޭގޮތަށް އޭނާ ކަންތައް ކުރި ކަމަށާއި، އެކަން ހުއްޓާލަން އެދުނު ނަމަވެސް އޭނާ އެކަން ކުރަމުންދިޔަކަން އޭނާ ފާހަގަކުރިއެވެ.
އެ އަންހެން ކުއްޖާ ބުނީ، އެކަމާއި ހެދި ފްލައިޓް ކްރޫންނަށްވެސް އެކަން އެންގި ކަމަށާއި، ފުލުހުންނަށްވެސް އެ މައްސަލަ ހުށަހަޅާފައިވާކަމަށެވެ. އެ ލެކްޗަރަރ ގެ މައްސަލަ ޔުނިވަރސިޓީން ބަލަމުންދާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ފްލައިޓެއްގެ ތެރޭގައި ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވިއިރު، މާޅޭ މަގުމަތީގައި ޒުވާން އަންހެން ކުއްޖަކާ ފޮށުނު މެދުއުމުގެ ފިރިހެން ދާދިފަހުން ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.




ހިޔާލު
India meehunekey vaki thafaatheh nei dho