ހޯރަފުށީ އެއާޕޯޓުގައި ފެންބޮޑުވެފައި | ފޮޓޯ: ހޯރަ ޑެއިލީ

ހޯރަފުށި އެއާޕޯޓް ރަންވޭ ފެނު އަޑީގައި، ދަތުރުތައް ހުއްޓާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި ހއ. ހޯރަފުށީ އެއާޕޯޓުގައި ފެންބޮޑުވެ އެ އެއާޕޯޓުގެ ވައިގެ ދަތުރުތައް މެދުކަނޑާލައިފިއެވެ.

ހޯރަފުށި އެއާޕޯޓުގައި ފެންބޮޑުވެ ދަތުރުތައް މެދުކަނޑާލައިފައިވާއިރު ހޯރަފުށީ ކައުންސިލްގެ މެންބަރުޢަލީ ނަޞީރު އާދަމް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށަށް އުދައަރަންފަށާފައި ވަނީ މިއަދު މެންދުރުއެވެ. އެގޮތުން މިހާރު ވަނީ ރަށުގެ ވަރަށް ބޮޑު ސަރަހައްދަކަށް އުދައަރާ މީހުން ދިރިއުޅެމުން އަންނަ ގިނަ ގެތަކަކަށްވެސް ލޮނުގަނޑު ވަދެފައެވެ.

އެއަރޕޯޓް ސަރަހައްދަށްވެސް ވަރަށް ބޮޑަށް އުދައަރާ ރަންވޭ މައްޗަށްވެސް ވެލިގަނޑު އަރުވާލާފައިވާކަމަށާއި، އެއަރޕޯޓަށް ދާން އޮންނަ މަގަށްވެސް ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމުގައި ޢަލީ ނަޞީރު ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓުގައި ފެންބޮޑުވެފައި | ފޮޓޯ: ހޯރަ ޑެއިލީ

މީސްމީޑިއާ އެކި ވެބްސައިޓުތަކުގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެއްނަގޮތުގައި އެއާޕޯޓުގައި އެއްކޮށް އޮތީ ފެންހެދިފައެވެ. އަދި ބޯޓު ޖެއްސުމަށް ބޭނުންކުރާ ރަންވޭ މައްޗަށްވެސްވަނީ ވެލި އަރުވާލައިފައެވެ.

ހޯރަފުށީ އެއާޕޯޓުގައި ފެންބޮޑުވެފައި | ފޮޓޯ: ހޯރަ ޑެއިލީ

ހޯރަފުއްޓަށް އިއްޔެކުރި ވިއްސާރައިގައިވެސް އެއާޕޯޓަށް ގެއްލުންތަކެއް ލިބިފައި ވެއެވެ. މިގޮތުން އިއްޔެ ގަދަވަޔާއެކު ކުރި ވިއްސާރައިގައި އެއާޕޯޓް ޓާމިނަލްގެ ދޮރުތައްވަނީ ހަލާކުވެފައެވެ.

ހޯރަފުށީ އެއާޕޯޓުގައި ފެންބޮޑުވެފައި | ފޮޓޯ: ހޯރަ ޑެއިލީ

މޫސުމާބެހޭ ގައުމީ އިދާރާއިން މޫސުން ލަފާކޮށް މިއަދު ބުނެފައިވަނީ، ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ދެމެދުގެ ރައްތަކަށް މިއަދު މެންދުރުފަހު 03:15 އިން ހަވީރު 05:15 އަށްބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 60 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވެ ރާޅުއަރާނެކަމަށް ލަފާކުރެވިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އާދަނު

    ކެންމްޕެއުނަށް ފީއިލޮށިން ތަންތަން ހެދީމަ ވާގޮތް ޓާމިނަލް ވެސް ހަލާކުވީ ތިޔައްވުރެ މާކުރިން އެޅި ތަންތަން ހަނިމާދޫ އެއާޕޯޓް ހަމަ ތިސަރަހައްދުން އެހުރީ ގޮތެއްނުވެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ