މިޔަންމާއިން ހައްޔަރުކުރި ޖަޕާނުގެ ނޫސްވެރިއާ މިނިވަންކުރަނީ

މިދިޔަމަހު މިޔަންމާގެ އަސްކަރީ ސަރުކާރުން ހައްޔަރުކުރި ޖަޕާނުގެ ނޫސްވެރިއާ މިނިވަން ކުރަން ނިންމައިފައިވާކަމަށް މިޔަންމާގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ.

ޔޫކީ ކިޓަޒޫމީ ނަމަކަށްކިޔާ މި ނޫސްވެރިއާ ހައްޔަރުކޮށް މިޔަންމާގެ އަސްކަރާ ސަރުކާރުން ތުހުމަތުކޮށްފައިވަނީ ހަގީގަތެއްނެތް ދޮގު ޚަބަރު ފަތުރާ ކަމަށެވެ. ކިޓަޒޫމީއަކީ މިޔަންމާގެ އަސްކަރީ ސަރުކާރުން ހައްޔަރުކުރި ބޭރުގައުމަކަށް ނިސްބަތްވާ ފުރަތަމަ ނޫސްވެރިއާއެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުން ކިޓަޒޫމީ މިނިވަންކުރަން ނިންމައިފައިވަނީ ޖަޕާން ސަރުކާރުގެ އެދުމުގެ މަތިންނެވެ. ކިޓަޒޫމީ މިނިވަން ކުރިނަމަވެސް މިޔަންމާ ސަރުކާރުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ކުށުން ކަމަށް ގަބޫލު ކުރެއެވެ.

މިޔަންމާގެ ސަރުކާރު އަސްކަރިއްޔާއިން މިއަހަރުގެ ފެބުރުއަރީމަހު ވައްޓާލުމާއި ގުޅިގެން އެގައުމުގައި ފެށުނު ހަމަނުޖެހުންތަކުގައި 800 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައި ވެއެވެ. އަދި މިޔަންމާގެ ގިނަ އަދަދެއްގެ ނޫސްވެރިން އަސްކަރިއްޔާއިން ހައްޔަރުކޮށްފައި ވެއެވެ.

ކިޓަޒޫމީގެ މައްޗަށް މިޔަންމާގެ ސަރުކާރުން ކުރާ ތުހުމަތުތައް ސާބިތުވީނަމަ އޭނާގެ މައްޗަށް ތިންއަހަރު ދުވަހުގެ ޖަލު ހުކުމެއް އައްނާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ