ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާދަމާއިން ފެށިގެން ހިދުމަތްދޭ ދުވަސްތަކަށް ބަދަލު ގެއްނަން ނިންމައިފިއެވެ.
މި ބަދަލު ގެނައުމަށް ނިންމައިފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ބީއެމްއެލް އިން ވިދާޅުވީ މާދަމާއިން ފެށިގެން ހިދުމަތްދޭ ދުވަސްތައް ތިންދުވަހަށް އިތުރު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.
މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ބީއެމްއެލް އިން ހިދުމަތް ދެމުން އައިސްފައިވަނީ ދެދުވަހުއެވެ. އަލަށް ގެނެވުނު ބަދަލާއެކު ބީއެމްއެލްގެ ބުރާންޗް ތަކާއި ސާރވިސް ސެންޓަރުތައް ހުޅުވިފައި ހުއްނަ ދުވަހުގެ އަދަދު ވަނީ ތިންދުވަހަށް އިތުރު ކޮށްފައެވެ. މި ތިންދުވަހަކީ ހޯމަ، އަންގާރަ، އަދި ބުރާސްފަތި ދުވަހެވެ.
Banking services from 16th to 20th May.
View details: https://t.co/aMz99ExivH pic.twitter.com/hCDigUTKV0
— Bank of Maldives (@bankofmaldives) May 15, 2021
ކުރިއެކޭ އެއްގޮތަށް މި ތިންދުވަހުވެސް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ އެއް ވަގުތެއްގައެވެ. އެއީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ. މީގެއިތުރުން އެކައުންޓް އޯޕަނިންގް ސެންޓަރާއި ލޯން ސެންޓަރު އަދި ބިޒްނެސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓަށް ކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.




