ފިއްލަދޫ އާއި މާބައިދޫ ކައުންސިލްގެ ރައީސް ހުވާކުރުން ފަސްކުރަން އަމުރުކޮށްފި

ފިއްލަދު އާއި މާބައިދޫ ކައުންސިލްގެ ރައީސް ހުވާކުރުން ފަސްކުރަން ދިވެހި ރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

ހައިކޯޓުން ނެރެފައިވާ އަމުރުގައި ބުނީ، 10 އެޕްރީލް 2021 ގައި ބޭއްވުނު ”ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ހއ.ފިއްލަދޫ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓަށް އިންތިޚާބީ ޝަކުވާއެއް ހުށަހަޅާފައިވާކަމަށެވެ.

އަދި މި މައްސަލަ ނިމުމުގެ ކުރިން ހއ.ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިޚާބުގައި ވާދަކުރި ފަރާތްތަކުގެ ޙައްޤަކަށް އުނިކަން އަތުވެދާނެކަމެއް ކަމަށް ބެލެވޭކަމަށްވެސް ހައިކޯޓުން ބުނެފައިވެއެވެ. އެހެންކަމުން އިންތިޚާބީ ޝަކުވާގެ މައްސަލައިގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރެވެންދެން، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތަކަށް އަންގަންދެން، ހއ.ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ހައިކޯޓުންވަނީ އަމުރުކޮށްފައެވެ.

ލ.މާބައިދޫ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅިގެންވެސް އިންތިޚާބީ ޝަކުވާއެއް ހުށަހަޅާފައިވާކަމަށް ހައިކޯޓުންވަނީ ބުނެފައިވާއިރު، ލ.މާބައިދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ހައިކޯޓުންވަނީ އަމުރުކޮށްފައެވެ.

ލ.މާބައިދޫ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅިގެން، ހައިކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މި މައްސަލަ ނިމުމުގެ ކުރިން ލ.މާބައިދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިޚާބުގައި ވާދަކުރި ފަރާތްތަކުގެ ޙައްޤަކަށް އުނިކަން އަތުވެދާނެކަމެއް ކަމަށްވެސް ހައިކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ