ފިކްޝަނަލް ކެރެކްޓަރ، ދުނިޔޭގެ އެންމެ މޮޅު ޑިޓެކްޓިވް ޝާރލޮކް ހޯލްމްސް ގެ ވާހަކައިގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސިން މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "އެނޯލާ ހޯލްމްސް"ގެ ސީކުއަލް އެއް ގެނެސްދޭނެކަން އިއުލާންކޮށްފިއެވެ.
މި ފިލްމްގެ ޑައިރެކްޓަރ ހެރީ ބްރެޑްބީރް މި މަހުގެ 13 ގައި މި ޙަބަރު އިއުލާންކޮށްފައިވާއިރު، ފިލްމްގެ ސީކުއަލް އިން ފުރަތަމަބައިގައި ފެނިގެންދިޔަ މަޝްހޫރު ދެ އެކްޓަރުން ކަމުގައިވާ މިލީ ބޮބީ ބްރައުން އާއި ހެންރީ ކެވިލް ފެނިގެންދާނެ ކަން ވެސް ވަނީ އިއުލާންކޮށްފައެވެ.
އެހެންކަމުން ޝާރލޮކް އާއި އެނޯލާ ގެ ރޯލު، ފިލްމްގެ ދެވަނަ ބައިގައި މި ދެ ތަރިން އަދާކުރާނެއެވެ.
މި ފިލްމްގެ ވާހަކަ ބޮޑަށް ބިނާކޮށްފައި އޮތީ ޝާރލޮކްގެ އަންހެން ކޮއްކޮ އެނޯލާ ހޯލްމްސްގެ ކެރެކްޓަރ އަށެވެ.




