ބައްޕައަކު އަންހެން ދަރިއެއްގެ މުސްތަޤުބަލް ހަލާކުކޮށްލަމުންދާއިރު މުއަސަސާތައް ނުކުޅެދިފައިވާކަން "ސުދޫ" ކިޔާ ދިވެހި އަންހެނަކު މީސްމީޑިއާގައި ޙިއްސާކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ހާމަވެއްޖެއެވެ.
މިޕޯސްޓްގައި ވާގޮތުން މިއަންހެން މީހާއަކީ 3 ދަރިން ބަލަމުންދާ އެކަނިވެރި މައެކެވެ. ވޭތުވެދިޔަ ފަސް އަހަރު ދަރިންގެ ކިޔެވުމަށް އަވަށްޓެރި ސްރީލައްކާގައި ހޭދަކޮށްފައިވާއިރު ލަންކާގެ ޚަރަދުތައް ބަލަހައްޓަމުން ދިޔައީ މާލޭގައި ކުއްޔަށް ދޫކޮށްފައިވާ ދެކޮޓިރީގެ އެޕާޓްމަންޓަކުން މަހަކު ލިބޭ -/16000 ރުފިޔާއިންނެވެ.
"ލަންކާގައި ހޭދަކުރި ދުވަސްތަކުގައި އާޢިލާގެ ގިނަމީހުން އަހަރެން ކައިރިއަށް އާދޭ. އެގޮތުން ހުދޫ ކިޔާ ދައްތައެއް އޭނާގެ ހަމައެކަނި ހުރި އަންހެންދަރިފުޅު މިޝްކާއާއެކު ލަންކާއަށް އާޢިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް 2015 ވަނަ އަހަރު އައި." ސުދޫ ބުންޏެވެ.
ނަމަވެސް ނަސީބުދެރަކަމުން 05 ޖެނުއަރީ 2016 ގައި އޭނާގެ ދައްތަ ހުދޫ މިދުނިޔެއާއި އަލްވަދާޢު ކިޔާފައިވާކަމަށްވެސް ބުނެފައިވެއެވެ.
ސުދޫ އިތުރަށް ބުނެފައިވަނީ ދައްތަގެ އަންހެންދަރިފުޅު މިޝްކާ އޭނާގެ ބައްޕަ ޢަބްދުﷲ އިނާޔަތު އެނބުރި މާލެ ގެންދިޔައީ އެދަރިފުޅު ބަލައިދީފާނެކަމަށް އޭނާ ބުނެބުނެ އޮށްވާކަމަށެވެ.
އަދި ބަލާނެ މީހަކު ނެތްކަމަށްބުނެ މިޝްކާ ބަލައިދިނުމަށް އޭނާގެ ބައްޕަ މެއި 2016 ގައި އޭނާގެ ގާތު އެދުނުކަމަށާއި ޖެހިގެން އޮތް ފްލައިޓްގައި ކަހަލަގޮތަކަށް އޭނާ މިޝްކާބަލައި މާލެއައިކަމަށްވެސް ސުދޫ ބުނެފައިވެއެވެ.
"މިޝްކާ އުމުރުން މިހާރު 15 އަހަރު. އަދި ތައްޔާރު ވަމުންދަނީ ޖީސީ އޯލެވެލް އިމްތިޙާނުތަކަށް. މިޝްކާގެ ބައްޕަ އިނާޔަތާއި މަޝްވަރާކުރުމަށްފަހު މިޝްކާ ގޮވައިގެން ކުޑަ ޗުއްޓީއަކަށް މާލެ އައި 30 އޭޕްރީލް 2019 ގައި." ސުދޫ ބުންޏެވެ.
ނަމަވެސް ކަންތައް ދިމާވީ ހީކުރިގޮތާއި މުޅިން ޚިލާފަށްކަމަށާއި ރާއްޖެ އައިތަނާހެން މިޝްކާގެ ބައްޕަ އޭނާ ގދ. ގައްދޫއަށް ގެންދަން ބޭނުންވެ، މިޝްކާ އެނބުރި ލަންކާއަށް ދިއުމަށް ދެކޮޅު ހަދާފައިވާކަމަށް ބުނެފައިވެއެވެ.
ސުދޫ ބުނެފައިވަނީ ޖީސީއީ އޯލެވެލް ބޯ މަތިވެފައި އޮތްކަމަށްބުނެ މިޝްކާ ބައްޕަ އިނާޔަތު ގާތުގައި އާދޭސްކުރި ނަމަވެސް އޭނާގެ ބައްޕަވަނީ އެކަމަށް ދެކޮޅު ހަދާފައިވާކަމަށެވެ.
މިޝްކާގެ ޕާސްޕޯޓު، އޭނާގެ ބައްޕަ އަތުގައި އޮތްއިރު މިޝްކާ ލަންކާއަށް ގެންދިއުމަށްޓަކައި ސުދޫ ރާއްޖޭގެ ގިނަ މުއައްސަސާތަކަށް އެހީއަށްއެދިވަނީ ގޮސްފައެވެ. އަދި ސުދޫ ބުނާގޮތުންނަމަ މިޝްކާގެ އިމްތިޙާނު ފެށުމަށް ހަމަޖެހިފައިވަނީ 14 ޖޫން 2019 (އިއްޔެ) އެވެ. އެހެންނަމަވެސް އެއްވެސް މުއައްސަސާއަކުން އެދޭ ޖަވާބެއް ދީފައި ނުވާކަމަށް ސުދޫ ބުންޏެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ތަޢުލީމަކީ އެކުދިންނަށް ކަށަވަރު ވާންޖެހޭ އަސާސީ ހައްޤެކެވެ. އެހެންކަމަށްވީހިނދު މި އަންހެން ކުއްޖާގެ ތަޢުލީމަށް ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.




ހިޔާލު
މީސް މީހުން ޖަހާ ޕޯސްޓް ތަކުގެ މައްޗަށް ތިޔަފަދަ ލިޔުން ލިޔުމަކީ ޒިއްމާދާރު ނޫސްވެރިކަން ކުރުމެއްނޫން. ފުރަތަމަ ކަމަކަށް އިސްލާމް ދީނުގައި ދަރިންގެ ބެލެނިވެރިކަން ޙަވާލުވެފައި ވަނީ ކޮންބަޔަކަށް ކަން އެނގޭތޯ ތިޔަ ނޫހަށް. ދެވަނަ ކަމަކަށް އެކުއްޖާ އަކީ އަންހެން ކުއްޖަކަށް ވީހިނދު އެކުއްޖާގެ ބެލެނިވެރިކަމާއި އެކުއްޖާގެ ބެލެހެއްޓުމުގެ ޒިއްމާ ދީނީގޮތުން އެޅެނީ ކާކުގެ ބޮލުގައި ކަން އެނގޭތަ ތިޔަ ނޫހަށް.