އަދުރޭއާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އޭނާގެ އަންހެނުން ދިޔާނާ ހުސެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އަދުރޭއާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިއަދުއެވެ. އަދުރޭ އަކީ ހައި ރިސްކް ބޭފުޅަކަށް ވާއިރު، ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ދަނީ ގޭގައި ތިއްބަވައިގެންނެވެ.

ދިވެހިރާއްޖެއިން އިއްޔެވެސް އިތުރު 2194 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މިހާ ގިނަ ބަޔަކު އެއްދުވަހަކު މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ދުވަހެކެވެ.

ކޮވިޑް-19 މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 20276 ގައި އުޅޭއިރު، މި ބަލިން ފަސޭހަވެފައިވަނީ 30403 މީހުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 118 މީހަކު މަރުވެފައިއިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ