ފަލަސްތީނުގެ ދިދަ ވެހިކަލްތަކުގަޔާއި ގޭގޭގައި ނެގުމަށް ބުނި އިންޑިއާ މީހަކު ހައްޔަރުކޮށްފި

އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ކުއްވެރިކޮށް، ފަލަސްތީނާއެކު ހުރިކަން އެންގުމުގެ ގޮތުން ފަލަސްތީނުގެ ދިދަ ވެހިކަލްތަކުގަޔާއި ގޭގޭގައި ނެގުމަށް ބުނި މުސްލިމަކު އިންޑިއާގެ އުއްތަރަ ޕްރަދޭޝްއިން ހައްޔަރުކޮށްފިއެވެ.

އެ ޑިސްޓްރިކްޓްގެ ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ސުދީރް ކުމާރު ސިންހް ބުނެފައިވަނީ ޔާސިރް އަކްތަރް ހައްޔަރުކޮށްފައިވަނީ، ހުކުރު ނަމާދަށްފަހު ފަލަސްތީނުގެ ދިދަ ހަރުކުރުމަށް ބުނެ ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން ކަމަށެވެ.

ސުދީރް ކުމާރު ސިންހް އިތުރަށް ބުނެފައިވަނީ، އެ ސަރަހައްދަކީ މީހުން ގިނަ ސަހަރައްދެއް ކަމަށާއި ގިނަ ބަޔަކު ދިދަތައް ހިފައިގެން އުޅެންފަށައިފިނަމަ ހަމަނުޖެހުމެއް ހިނގައިފާނެ ކަމަށެވެ. އަދި އޭނާ ބޭނުންވެއްޖެ ނަމަ ދިދަ ގެންގުޅެވޭނެ ކަމަށާއި ނަމަވެސް ގިނަ ބަޔަކު އެކަން ކުރުމަށް ގޮވާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބުންޏެވެ.

ޔާސިރް އަކްތަރް

އިސްރާއިލުން ފަލަސްތީންގެ ޣައްޒާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 232 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ ތެރޭގައި 65 ކުޑަކުދިންވެސް ހިމެނެއެވެ.

ފާއިތުވި 11 ދުވަސްވަންދެން އިސްރާއިލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލުމަށް މިހާރު ދެ ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ