އިންޑިއާގައި ބުލެކް ފަންގަސް ކޭސްތައް އިތުރުވު ކުއްލި ހާލަތު އިއުލާން ކުރުމާއި ގާތުގައި

އިތުރުވަމުން އަންނަ ބުލެކް ފަންގަސް ކޭސްތަކާއި ގުޅިގެން އިންޑިއާގެ ސްޓޭޓްތަކުގައި އެޕިޑެމިކް އިއުލާން ކުރަން ޖެހޭކަމަށް އެގައުމުގެ ސިއްހަތާއިބެހޭ އިދާރާއިން ބުނެފިއެވެ.

މަދުން ނޫނީ ނުފެއްނަ މިއުކޯމައިކޮސިސް ނަމަކަށްކިޔާ ބަލި އިންޑިއާގައި ފެތުރެމުންދާއިރު މިބަލީގައި މީހުން މަރުވުމުގެ ނިސްބަތަކީ 50 އެވެ. މިބަލިން ރައްކާތެރިވުމަށް މިބަލި ޖެހިފައިވާ ބަޔެއް މީހުންގެ ލޯނަގަންޖެހޭ ފަހަރުވެސް އާދެއެވެ.

އިންޑިއާގައި މިބަލި ފެތުރެމުންދާއިރު މިބަލި ފެއްނަމުންދަނީ ކޮވިޑް-19 އަށް ފަރުވާކުރުމަށްފަހު ރަނގަޅުވާ މީހުންގެ ކިބައިންނެވެ. މިގޮތުން ފާއިތުވި މަސްތަކުގައި އެތައްހާސް ބަޔަކަށްވަނީ މިބަލި ޖެހިގެން ރިޕޯޓު ކޮށްފައެވެ. ޑޮކްޓަރުން ދެކޭގޮތުގައި މިބަލި ފެތުރުމުގެ އަސްލަކަށް ކޮވިޑް-19 އަށް ފަރުވާކުރުމަށް ބޭނުންކުރާ ސްޓްރޮއިޑްވުން އެކަށީގެން ވެއެވެ.

ހަކުރުބަލި ހުންނަ މީހުންނަށް މިބަލީގެ ނުރައްކާ ބޮޑުއިރު ކޮވިޑް-19 އިން ރަނގަޅުވާތާ 15 ދުވަހާއި 20 ދުވަހާއި ދެމެދުގެ މުއްދަތެއްގެތެރޭ މިއުކޯމައިކޮސިސް ބަލި ޖެހެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ސިއްހަތާއިބެހޭ ވުޒާރާގެ ޖޮއިންޓް ސެކެރެޓަރީވަނީ އެޕިޑެމިކް އިއުލާން ކުރުމަށް 29 ސްޓޭޓަކަށް ލިޔުމުން އަންގައިފައެވެ. އަދި އެޕިޑަމިކް އިއުލާން ކުރުމުން ކޮންމެ ސްޓޭޓެއްގެ ހާލަތު ގާތުން ބަލައި ފިޔަވަޅު އަޅަން ފަސޭހަވެގެންދާނެކަމަށްވެސް ޖޮއިންޓް ސެކެރެޓަރީވަނީ ފާހަގަ ކޮށްފައެވެ.

މިހާތަނަށް އިންޑިއާއިން މިބަލި ޖެހުނު މީހުންގެ އަދަދު ސާފުވެފައި ނުވާއިރު އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އަސަރުކޮށް އެތައްހާސްބަޔަކު އައްނަނީ މަރުވަމުންނެވެ. އަދި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެހެންގައުމުތަކުގެ އެހީއަށްވެސް އިންޑިއާއިންވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ