މަންމަ-ބައްޕައަށް ފަހު އާޗީ ފުރަތަމަ ކީ ބަހަކީ "މާމަ"!

ޕްރިންސް ހެރި އާއި މޭގަން މާކަލްގެ ދަރިކަލުން، އާޗީ ގެ އަނގައިން، މަންމަ-ބައްޕަ ފިޔަވާ ފުރަތަމަ ބޭރުވި ބަހަކީ "މާމަ" ކަމަށް ޕްރިންސް ހެރީ ބުނެފިއެވެ.

ޕްރިންސް ހެރީ މިކަން ހާމަކޮށްފައިވަނީ، ޓީވީ ހޯސްޓް، އޯޕްރާ ވިންފްރީ ގެނެސްދޭ "ދަ މީ ޔޫ ކާންޓް ސީ" ގެ ފަސްވަނަ އެޕިސޯޑުގައެވެ.

މި ވާހަކަ ހިއްސާކުރަމުން ޕްރިންސް ހެރީ ބުނީ، އާޗީ ގެ ކޮޓަރީގައި އޭނަގެ މަންމަ، ޕްރިންސަސް ޑަޔާނާގެ ފޮޓޯއެއް ބަހައްޓައިފައި ހުންނަ ކަމަށެވެ. އަދި މަންމަ ބައްޕައަށްފަހު ދަރިފުޅު އާޗީ ކީ ފުރަތަމަ ބަހަކީ މާމަ އަށް ވުމުން ވަރަށް އުފާވި ކަމަށާއި، ނަމަވެސް އާޗީގެ މާމަ(ޑަޔާނާ) ދުނިޔޭގައި ނެތުމުން އެކަމާއި ވަރަށް ދެރަވެސް ވާކަމަށެވެ.

ޕްރިންސް ހެރިގެ މަންމަ، ޕްރިންސަސް ޑަޔާނާ 1997 ވަނަ އަހަރު ދުނިޔެ ދޫކޮށްފައިވަނީ ކާރު އެކްސިޑެންޓެއްގައެވެ. އޭރު ޑަޔާނާގެ އުމުރަކީ 36 އަހަރެވެ.

ޕްރިންސް ހެރި އާއި މޭގަން މާކަލް ޝާހީ ދިރިއުޅުމާއި ޒިންމާތަކުން އެކަހެރިވެ މިހާރު ދިރުއުޅުއްވަނީ ކެލިފޯނިއާގައެވެ. އަދި މިވަގުތު މޭގެން ހުއްނެވީ ދެވަނަ ދަރިއަކަށް ބަލިވެއެވެ.

ޕްރިންސް ހެރި އާއި މޭގަން ޝާހީ ދިރިއުޅުމާއި ވަކިވުމަށްފަހު ވަނީ ވަކިވި ސަބަބާއި ގުޅޭގޮތުންވެސް ވާހަކަ ދައްކައިފައެވެ. އެގޮތުން ޝާހީ އާއިލާއިން މޭގަން އާއި ދޭތެރޭ ކަންތައްކުރި ގޮތުގެ ވާހަކައާއި އިތުރު ސިއްރުތައްވެސް ވަނީ ފަޅާއަރުވާލައިފައެވެ.

ޕްރިންސް ހެރީ ބުނެފައިވާގޮތުގައި، މިއަދު އޭނަގެ މަންމަ ދުނިޔޭގައި ހުރިނަމަ، އޭނާ ޝާހީ އާއިލާއިން ވަކިވުމަށް ނިއްމުމުން އެކަމާއި ވަރަށް ފަހުރުވެރިވާނެ އެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ